ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ކޭސް އޮފިސަރ (ވަގުތީ)

މަޤާމް:           އެސިސްޓަންޓް ކޭސް އޮފިސަރ (ވަގުތީ)

ބޭނުންވާ ޢަދަދު:        01 (އެކެއް)

ބޭނުންވާ މުއްދަތު:        12 (ބާރަ) މަސް (މަސައްކަތް ނުނިމޭނަމަ މުއްދަތު އިތުރުކުރެވޭނެ)

އުޖޫރަ:            ގަޑިއަކަށް -/60 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ވަގުތު:    ދުވާލަކު 7 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން:   ފުވައްމުލަކު ގޮފި / ޏ. ފުވައްމުލައް

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

1-     ކޮންމެ ދުވަހަކު ލިބޭ ކޯޓު އަމުރުތައް ސިސްޓަމަށް އަޅާ ކޯޓް ޝެޑިއުލް ތައްޔާރުކުރުން.

2-     މައްސަލަތައް އަނބުރާ ސެކްޝަނަށް ލިބުމުން ފޮތުން ކެނޑުމާއި ސިޓީ ނެގުމަށް ޙަވާލުކުރުން.

3-     މައްސަލަތަކާއި ގުޅޭގޮތުން ނަގަންޖެހޭ ފޯމު އާއި ސިޓީ ނެގުމުށްފަހު ފޮނުވަންޖެހޭ ކޯޓު / އިދާރާތަކަށް ފޮނުވުން.

4-     ސެކްޝަނަށް ލިބޭ އެންޓްރީ އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

5-     ސަޕޯޓް ސެކްޝަންގެ މައްސަލަތަކާއި ގުޅުންހުރި މަސައްކަތްކުރުން.

6-     ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ އާކައިވް މަސައްކަތްތައްކުރުން.

7-     މީގެ އިތުރުންވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތާއި ގުޅިގެން ވެރިން އަންގަވާ އެންމެހާ މަސައްކަތްތައް ކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ. އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 26 މާރޗް 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

 

ނޯޓް:  1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

     2- މިމަޤާމަށް ހޮވޭ މުވައްޒަފަކު މިއޮފީހުގެ ގޮފިތަކުގައި މަސައްކަތްކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރަންޖެހޭނެއެވެ.

3- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 26 މާރޗް 2026 – 25 އޭޕްރިލް 2026 ވަނަ ދުވަހު ފުވައްމުލަކުގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-     ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2-     މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3-     ވަނަވަރު

4-     ދރއ. ކާޑުގެ ކޮޕީ

5-     ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

 21 ރަމަޟާން 1446

10 މާރިޗު 2026

10 މާރިޗު 2026
ހޯދާ