ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ފަރާތުން 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްސަކޮށްގެން ބޭއްވުނު ކީރިތި ޤުރުއާން އަދި މަދަހަ މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ ސައުންޑް، ލައިޓިންގ އާއި ރަސްމިއްޔާތުގެ ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
|
މަޢުލޫމާތު ސާފުކުރުން |
12 މާރިޗު 2026 (ބުރާސްފަތި) |
11:00 |
މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް |
|
އަގު ހުށަހެޅުން |
18 މާރިޗު 2026 (ބުދަ) |
11:00 |
މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް |
މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
