ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓަންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

އިޢުލާނު

 

މަޤާމު:

އެސިސްޓަންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:


J-430240

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 4 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

_

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ. ތިމަރަފުށީ ޞިއްޙީމަރުކަޒު‏

މުސާރަ:

-/8505ރ

ޖޮބް އެލަވަންސް:

-/2555ރ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (1 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ހާޒިރީ އެލަވަންސްގެ ގޮތުގައި ހާޒިރުވާ ކޮންމެދުވަހަކަށް-/70 ރުފިޔާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އާސަންދަ/އެލައިޑް/ޕޮލިސް އަދި އެހެނިހެން ފަރާތްތަކަށް ޚިދުމަތް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގާއި އެއްގޮތަށް ބިލް ތައްޔާރުކުރުން
  2. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުގެ ތަރުތީބުން މެމޯ ހައްދާ ދިނުމާއި އޯ ޕީ ޑީ ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން‏‎.‎
  3. އާސަންދަ/އެލައިޑް/ޕޮލިސް އަދި އެހެނިހެން ފަރާތްތަކަށް ޚިދުމަތް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގާއި އެއްގޮތަށް ތައްޔާރު ކުރެވިފައިވާބިލްތައް (އައި.ޕީ.ޑީ/އޯ.ޕީ.ޑޯ) ކޮންމެ ރެއެއްގެ 00:00 ގެ ކުރިން ނިންމުން.އާސަންދަ/އެލައިޑް/ޕޮލިސް އަދި އެހެނިހެން ފަރާތްތަކަށް ޚިދުމަތް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގާއި އެއްގޮތަށް ތައްޔާރު ކުރެވިފައިވާބިލްތައް (އައި.ޕީ.ޑީ/އޯ.ޕީ.ޑޯ) ކޮންމެ ރެއެއްގެ 00:00 ގެ ކުރިން ނިންމުން.
  4. ކައުންޓަރަށް ލިބޭ ފައިސާ ގަވައިދުން ބަލައިގަނެ، އެ ފައިސާ ބަޖެޓް ބަލަހައްޓާ މުވައްޒަފަކާއި ހަވާލުކުރެވެންދެން އެއް ޝިފްޓުން އަނެއް ޝިފްޓަށް ހަވާލުކޮށް ގަވައިދުން ރެކޯޑް ބެލެހެއްޓުން..‏
  5. އެމްބިއުލާންސްގެ ޚިދުމަތަށް އެދޭފަރާތްތަކަށް އެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގު ނަގައި ބިލް ތައްޔާރު ކުރުން
  6. ޚިދުމަތް ދެވުނު ފަރާތުގެ އެކައުންޓަށް ބިލްތައް އެންޓަރ ކުރެވިފަވޭތޯބަލައި ކެންސަލް ކުރަންޖެހޭ ‏‏ޓްރާންސެކްޝަންތައް ކެންސަލް ކުރުމާއި ކެންސަލް ކުރެވޭ ބިލްތަކުގައި ސަބަބުލިޔުން.
  7. ޑޮކްޓަރާއި ބަލިމީހާއާއި ދެމެދު ދެކެވޭ ވާހަކަތައް ދެފަރާތަށްވެސް ރަނގަޅަށް ސާފުވާނޭގޮތަށް ކިޔައިދީ، ބަލިމީހާ އެގްޒެމިން ކުރުމުގައި ޑޮކްޓަރާއި ބަލިމީހާއަށް އެހީތެރިވެދިނުން
  8. ދުވަހުގެ ރިޕޯރޓް، ގައިން ގައިން ނާރާ ބަލިތަކުގެ ރިޕޯޓް އަދި ޔައުމިއްޔާއަށް ބޭނުންވާ މައުލޫމާތު ތައްޔާރު ކުރުން. ނޯޓް: މި މަސައްކަތް ކުރާނީ އެ ދުވަހުގެ ނައިޓް ޑިއުޓީގައި ހުންނަ މުވައްޒަފު ޑިއުޓީ ނިންމާ ގެއަށް ދިއުމުގެ ކުރިން އެ މުވައްޒަފެވެ.
  9. ‏ ‏މެޑިކަލް ރިޕޯރޓް މެޑިކަލް އިންވެސްޓިގޭޝަން އާއި މެޑިކަލް ސެޓްފިކެޓް އަދި މިނޫންވެސް މަރުކަޒުގެ ޑޮކްޓަރުން ‏‏ބަލި މީހުންނަށް ދޫކުރާ ލިޔުންތަކުގެ ޕޯރޓަލް އަށް އެންޓަރކޮށް ރެކޯޑް ބެލެހެއްޓުން‏
  10. ބަލިމީހުންނަށް ދޫކުރާ މެޑިކަލް ރިޕޯރޓް އަދި މެޑިކަލް ސެޓްފިކެޓް ތައްޔާރުކޮށް ގަވައިދުން ހަވާލުކުރަންޖެހާ ފަރާތްތަކާ ހަވާލު ކުރުން.
  11. މަރުކަޒުގެ ޑޮކްޓަރ ކޮޓަރި އާއި ރިސެޕްޝަންގައި ހުންނަ ތަކެތި ހަމަތޯބަލައި ޗެކްކޮށް ފޮޅާ ސާފްކުރުވުމާއި ބަލިމީހާއަށް ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ތައްޔާރު ކުރުންވުން އަދި ބަލިމީހާއަށް ހިދުމަތްދީ ނިމުމަށްފަހު ބަދަލް ކުރަން ޖެހޭ ތަކެތި ނަގާ ބަދަލްކުރުވުން.
  12. މަރުކަޒުން ދޫކުރެވޭ މެޑިކޯ ލީގަލް ރިޕޯރޓްތައް ފޮނުވުމާއި ރިކޯރޑްސް ބެލެހެއްޓުން‏
  13. މަރުކަޒުގައި ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވުން
  14. ތ.އަތޮޅު ހޮސްޕިޓަލްއާއި ލ.ރީޖަނލް ހޮސްޕިޓަލްގައި ތިއްބަވާ ސްޕެސަލިންޓުންގެ މައުލޫމާތު ހޯދައި މަރުކަޒުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި އާއްމު ފަރާތްތަކުން އެމައުލޫމާތު ބޭނުންވެއްޖެ ހިދެއްގައި އެމައުލޫމާތު ދޭވޭނެވަރަށް މައުލޫމާތު އެއްކުރުން
  15. މަރުކަޒުގެ އެކިޑިޕާޓްމަންޑްތަކުން(އޮފީސް، ޕަބުލިކް ހެލްތު ޔުނިޓް، ލެބޯރޓަރީ،ޑޮކްޓަރސް، ނާރސަސް) ‏‏ދެންމުންގެންދާ ހިދުމަތްއްތަކުގެ މައުލޫމާތު ދެވޭވަރަށް މައުލޫމާތު އެއްކުރުން ‏
  16. ޞިއްހީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ ‏‏މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން
  17. ޕްރައިމަރީ ހެލްތު ކެއަރ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • އެކައުންޓިންގ  
  • އެކައުންޓިންގ ޓެކްނީޝަން  
  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް  
  • ބިޒްނަސް އެކައުންޓިންގ  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް މެނޭޖްމަންޓް  
  • ފައިނޭންސް  
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  • މެނޭޖްމަންޓް  
  • ނާސިންގ  
  • ޕަބްލިކް އެކައުންޓިންގ  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  • ޕަބްލިކް މެނޭޖްމަންޓް  

 

މަޤާމުގެ ޕްރިފާރޑް ޑިސިޕްލިން: -

 

މަޤާމުގެ ކޯ ޑިސިޕްލިން: -

ގުޅޭ ވަޒީފާގެ ދާއިރާތައް:

ޞިއްޙީ ޚިދުމަތްދޭ އިދާރާއެއްގެ އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުތު ހަމަ ވުމަށް

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

ކޯ ނުވަތަ ޕްރިފާރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 މާރޗް 2026 ވާ އަންގާރަ ދުވަހުގެ 12:00  ގެ ކުރިން، ‏ތ. ތިމަރަފުށީ ‏‏ޞިއްޙީމަރުކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ 01 އޭޕްރީލް 2026 އިން 20 އޭޕްރީލް 2026 އާ ދެމެދު، ‏ތ. ތިމަރަފުށީ ‏‏ޞިއްޙީމަރުކަޒު‏ ގައެވެ. ‏

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780503 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

08 މާރިޗު 2026
ހޯދާ