ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލް ކެންޓީން ހިންގާނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސްކޫލް ކެންޓީނު ހިންގާނެ ފަރާތެއް ހޯދުން
- މި ސްކޫލުގެ ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ކެންޓީނު ހިންގުމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- ކެންޓީނު ހިންގުމަށް ބޭނުންވާ ފަރާތްތަކުން 08 މާރިޗު 2026 އިން 23 މާރިޗު 2026 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
4.1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
4.2- ރަޖިސްޓްރީ ނަންބަރު.
4.3- އީމެއިލް އެޑްރެސް.
4.4- ގުޅޭނެ މޯބައިލްނަންބަރު.
- ކެންޓީނާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 މާރިޗު 2026 ވާ ބުދަ ދުވަހުގެ 10:00ގައި މިސްކޫލުގެ ކޮންފަރެންސް ރޫމް ގައެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 26 މާރިޗު 2026 ވަނަ ދުވަހުގެ 13:00ގެ ކުރިން މި އިޢުލާންގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 31 މާރިޗު 2026 ވަނަ ދުވަހުގެ 10:00 ގައިމި ސްކޫލުގެ ކޮންފަރެންސްރޫމްގައެވެ
- ކެންޓީނާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- ކެންޓީނާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝަރަފުއްދީން ސްކޫލް
ހިތަދޫ، އައްޑޫ
ފޯން: 7030-688
އީ-މެއިލް: [email protected]
08 މާރިޗު 2026
ހޯދާ
