ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1447 ވަނަ އަހަަރުގެ ރަމަޟާން މަހު މިކައުންސިލުން ބާއްވާ ޤުރުޢާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް ލަސްކުރުމާއި، ފޯމު ހުށައެޅުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ
މި ކައުންސިލުން އިންތިޒާމްކޮށްގެން މިއަހަރުގެ ރަމަޟާން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤްރުއާން މުބާރާތް ފެށުމަށް ކުރިން ހަމަޖެހިފައިވާ ތާރީޚަކީ 12 މާރޗް 2026 ކަމުގައި ވީނަމަވެސް ދިމާވި އެކިއެކި ސަބަބުތަކާއި ގުޅިގެން މިހާރު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 26 މާރޗް 2026 ވަނަ ދުވަހުއެވެ.
މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚަށް ގެނެވެނު މިބަދަލާއި ގުޅިގެން މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 10 މާރިޗް 2026 ވަނަ ދުވަހުގެ 13:00 ކަމުގައި ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމް މި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
08 މާރިޗު 2026
ހޯދާ
