މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު (އަލުން އިޢުލާންކުރުން)

މޮބައިލް ބްރޯޑްބޭންޑް ޚިދުމަތުގެ ފެންވަރު މޮނިޓަރ ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމަށް

 

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް P177040

ކޮންޓްރެކްޓް: މޮބައިލް ބްރޯޑްބޭންޑް ޚިދުމަތުގެ ފެންވަރު މޮނިޓަރ ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމުގެ ކޮންޓްރެކްޓް

ގްރާންޓް ނަންބަރު: E047-MV

ރިފަރެންސް ނަންބަރު:  MV-MOECCT-DMADD-540128-GO-RFB

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް މޮބައިލް ބްރޯޑްބޭންޑް ޚިދުމަތުގެ ފެންވަރު މޮނިޓަރ ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށް ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޯބައިލް ބްރޯޑްބޭންޑް ޚިދުމަތުގެ ކޮލިޓީ މޮނިޓަރ ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  ބީލަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުޅުވާލަމެވެ.

މި ބީލަމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ވާރލްޑް ބޭންކުގެ "ޕްރޮކިއުމަންޓް އައި.ޕީ.އެފް ލޯނު ނަގާ ފަރާތްތަކުގެ ގަވާއިދުތައް" ހަތްވަނަ އެޑިޝަން- ސެޕްޓެމްބަރ 2025 ("ޕްރޮކިއުމަންޓް ރެގިއުލޭޝަންސް") އަދި ޕްރޮކިއުމަންޓް ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރިކުއެސްޓް ފޯ ބިޑްސް (އާރް.އެފް.ބީ) އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ބީލަން ވަޒަން ކުރާނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ ބީލަން ވަޒަންކުރުމުގެ މިންގަނޑުތަކަށްށެވެ. ރޭޓެޑް ކްރައިޓީރިއާ (ޓެކްނިކަލް30%  އަދި އަގަށް 70%) ބޭނުން ކޮށްގެނެވެ.

 

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އިބްރާހިމް ވަހީދު، [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. 

 

ބީލަން ހުށަހަޅާނީ  4 މެއި 2026 ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ތިރީގައި ދަންނަވާފައިވާ އެޑްރޭހަށެވެ.  ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

ބީލަން ހުށަޅާ ސިޓީ އުރައިގެ ބޭރުގައި 'އޮރިޖިނަލް ބިޑް" ޖަހަންވާނެއެވެ. އަދި އެތެރޭގައި 2 ސިޓީއުރަ ހިމެނޭގޮތަށް 'ޓެކްނިކަލް ޕާރޓް" ޖަހާފައިވާ ސިޓީއުރަ ބީލަންވެރިންގެ ހާޒިރުގައި  4 މެއި 2026 ވާ ހޯމަ ދުވަހުގެ 11:00ހުޅުވާނެއެވެ. އަދި 2 ވަނަ ސިޓީއުރަ 'ފައިނޭންޝަލް ޕާރޓް' ނުހުޅުވާ ފޮރުވާފައި 2 ވަނަ ހުޅުވުމަށް ބާއްވާނީއެވެ.  

މިޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 15,420.00/-ރ (ފަނަރަ ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ)ނުވަތަ އެ އަދަދާ އެއްވަރުގެ ޔޫއެސް ޑޮލަރު ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.

 

ބީލަން ހުށަހަޅާ ފަރާތްތަކުންގެ ސަމާލުކަމަށް، ވޯޑް ބޭންކްގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންގެ ދަށުން ބީލަން ކާމިޔާބު ކުރާފަރާތުގެ

ބެނެފިޝަލް އޯނަރޝިޕް ޑިސްކްލަޝަން ފޯމު( ބިޑިންގް ޑޮކިއުމަންޓް) ގައިވާ މައުލޫމާތު އާންމު ކުރާނެއެވެ.

 

ޕްރޮޖެކްޓް މެނޭޖަރ

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ

މޯލްޑިވްސް ޑިޖިޓަލް ސަރވިސް،

ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.

[email protected]އީމެއިލް:

ވެބްސައިޓް: www.mohst.gov.mv/ dmadd.gov.mv

ފޯނު ނަންބަރު: +(960)330-2253

 

05 މާރިޗު 2026
ހޯދާ