މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
1447 ގެ ރަމަޟާން މަހުގެ 20 އިން 30 އަށް ސަރުކާރު ބަންދު ދުވަސްތަކުގައި މިމިނިސްޓްރީއިން ޢާއްމުންނާ ވިޔަފާރިތަކަށް ދެމުން ގެންދާ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް

އިޢުލާން

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން މިމުއްދަތުގައި މިމިނިސްޓްރީއިން ޢާއްމުންނާ ވިޔަފާރިތަކަށް ދެމުން ގެންދާ ޚިދުމަތް މެދުނުކެނޑި ލިބޭނެގޮތަށް ހަމަޖައްސާފައިވާ ކަން އަންގާ އިޢުލާން ކުރަމެވެ.

މިގޮތުން ޚިދުމަތް ދިނުން ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

1- ވިޔަފާރިއާ ބެހޭ ޚިދުމަތް

ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރެވޭނީ، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 11:30 އަށެވެ.

އަދި، މި މުއްދަތުގެ ތެރޭގައި ޚިދުމަތަށް އެދެމުންދާ މިންވަރު އިތުރުވެއްޖެނަމަ، ޕްރޮސެސިންގ ޓައިމްތަކަށް ބަދަލު އަންނާނެ ވާހަކަ ދެންނެވީމެވެ. 

މި މިނިސްޓްރީގެ ވިޔަފާރިއާބެހޭ ޚިދުމަތްތަކަށް އެދެވޭނީ ވަންގަވް one.gov.mv ނުވަތަ ބިޒްނަސް ޕޯޓަލް business.egov.mv އިންނެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ލައިވް ޗެޓް ނުވަތަ ކޮންޓެކްޓް ސެންޓަރ 1500 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

2- ފޮރިން އިންވެސްޓްމަންޓާ ބެހޭ ޚިދުމަތް

ފޮރިން އިންވެސްޓްމަންޓް އެޕްލިކޭޝަން ފޯމް ހުށަހެޅުވުމަށް [email protected] އަށް އީމެއިލް ކޮށްދެއްވުމަށް އެދެމެވެ.

އަދި ފޮރިން އިންވެސްޓްމަންޓާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ނުވަތަ ހުށަހަޅާފައިވާ އެޕްލިކޭޝަނަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 11:30 އަށް 3333181 ނުވަތަ 3333182 އަށް ގުޅުއްވުން އެދެމެވެ.

މީގެ އިތުރުން، ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކައް އޮންލައިން މީޓިންގ އިންތިޒާމް ހަމަޖެހޭނެ ވާހަކަ ދެންނެވީމެވެ. އެހެންކަމުން، އޮންލައިން މީޓިންގ އެއް ހަމަޖެއްސެއްވުމަށް [email protected] އަށް އީމެއިލް ކޮށްދެއްވުމަށް އެދެމެވެ.

 

05 މާރިޗު 2026
ހޯދާ