މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ އޮފީހަށް ބޭނުންވާ އައި.ޓީ. އިކްއިޕްމަންޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މި މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ އޮފީހަށް ބޭނުންވާ އައި.ޓީ. އިކްއިޕްމަންޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]އަށް 2026 މާރިޗު 26 ވަނަ ދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަދި 31 މާރިޗު 2026 ވަނަ ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޯލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
04 މާރިޗު 2026
ހޯދާ
