ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: މަސައްކަތު
ބޭނުންވާ އަދަދު: 2 (ދޭއް)
މަޤާމުގެ ކްލެސިފިކޭޝަން / ރޭންކް: SS2
މުސާރަ: -/3100 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: އިރުޝާދިއްޔާ ސްކޫލް
މަޤާމުގެ ގިންތި: ވަގުތީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން، އިރުޝާދިއްޔާ ސްކޫލް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސްކޫލް ގޯތިތެރެއާއި މަގުމަތީގައި ކުނިކެހުން.
- ފޮޅައި ސާފުކުރުން.
- ފާޚާނާތައް ސާފުކުރުން.
- ކްލާސްރޫމްތައް ފޮޅައި ސާފުކުރުން.
- ގަސް ހެއްދުމާއި، ގަސް ކޮށުން.
މަޤާމުގެ ޝަރުޠު:
1. ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ؛
2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސަބިތުކޮށްދިނުމާއެކު، އެސް. އެސް. 1 ގެ ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. .ޞިއްޙީ ދުޅަހެޔޮކަން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2015 ޑިސެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އިރުޝާދިއްޔާ ސްކޫލުގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ނ. އިންޓަވިއު އޮންނާނެ ތަނެއް، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެންގޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އިރުޝާދިއްޔާ ސްކޫލުގެ އޮފީހުގެ ކައުންޓަރަށެވެ.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޑިސެންބަރު 22 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6891601 ނަންބަރު ފޯނަށް ނުވަތަ 6891092 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
2 ރަބީޢުލްއައްޥަލް 1437