ދިވެހިރާއްޖެ
ގޯތި އެއްބަސްވުމުގައި ސޮއިކޮށް ވަގުތީ ރަޖިސްޓްރީ ހަވާލު ކުރުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ:
ބަންޑާރަ ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް 28 ޖެނުއަރީ 2026 އިން ފެށިގެން ދެވުނު 2 މަސް ދުވަހުގެ މުއްދަތުގައި ތެރޭގައި ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް ހިމެނޭތީ އެއްބަސްވުމުގައި ސޮއިކޮށް ގޯއްޗާއި ހަވާލު ވުމުގެ މުއްދަތު ، 16 އެޕްރީލް 2026 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 249 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ.
ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ދާނީ 16 އެޕްރީލް 2026 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާގައެވެ. ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޟިރުވާންވާނީ ގޯތި ލިބޭ ފަރާތުންނެވެ. އެއްވެސް ސަބަބަކާއި ގުޅިގެން ގޯތި ލިބޭ ފަރާތައް ހާޟިރު ނުވެވޭނަމަ ބަދަލުގައި ހާޟިރުވާނެ ފަރާތެއް ކަނޑައަޅައި، ނޮޓަރައިސް ކޮށްފައިވާ ޕަވަރ އޮފް އެޓާނީއަކާއި، ނޮޓަރައިޒް ސެޓްފިކެޓާއި، ބަދަލުގައި ހާޟިރުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއެއް ސިޓީއަކުން ހުށަހަޅުއްވަން ވާނެއެވެ. މީގެ އިތުރުން ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އެޕޮއިންޓްމެންޓް ހަމަޖެއްސުމަށް ކައުންސިލްގެ ވައިބަރ ނަންބަރު 7230019 އަށް މެސެޖު ކުރެއްވުމުން ސޮއި ކުރުމަށް ތާރީޚަކާއި، ގަޑިއެއް ހަމަޖައްސައި ދެވޭނެއެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށް ގޯއްޗާއި ހަވާލު ނުވާނަ ގޯތީ ދޫކުރުމަށް ނިންމި ނިންމުން ބާޠިލް ކުރެވޭނެއެވެ.
ވީމާ، ގޯތި ލިބޭ ފަރާތްތަކުން 16 އެޕްރީލް 2026 ވަނަ ދުވަހުގެ 13:00ގެ ކުރިން ގޯތީގެ އެއްބަސްވުމުގައި ސޮއިކޮށް، ގޯއްޗާއި ހަވާލުވުމަށް ދެންނެވީމެވެ.
04 މާރިޗް 2026
