ދިވެހިރާއްޖެ
2016ވަނަ އަހަރު މިމަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމާބެހޭ
ސަރުކާރުގެ ސްކޫލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމުގެ އުސޫލަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބަދަލު ގެނައުމާ ގުޅިގެން، މި މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: GS02/IUL/2015/35 އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލުމަށްޓަކައި އިޢުލާން ކުރަމެވެ.
ވީމާ، 1 އަހަރުދުވަހުގެ މުއްދަތަށް (2016 ޖަނަވަރީ 10 ން 2016 ޑިސެންބަރު 31 ގެ ނިޔަލަށް) މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޑިސެންބަރު 16 ވަނަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 21 ވަނަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެވާހަކަ ދެންނެވީމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޞަފަރު 1437