އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އީ.އައި.އޭ. ހަދައިދޭނެ ފަރާތެއް ހޯދަން

މި ކައުންސިލްގެ ބޭނުމަކަށް އީ.އައި.އޭ. (އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް) ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިކައުންސިލުން ކުރި ނަންބަރު 1355/2015/6 (23 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން 3 ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.

ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އެމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް ބީލަންފޯމު ފުރިހަމަކުރައްވައިގެން މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިކައުންސިލްގެ ފޯނު ނަންބަރު 6680539 އަށް ނުވަތަ 7853133 ފެންފުށީ ކައުންސިލްގެ ޕްލޭނިންގ އޮފިސަރަށެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއެކު ފޮނުވުމަށް ދަންނަވަމެވެ. އަދި މިގޮތަށް ހުށަހަޅުއްވާ ސިޓީއާއެކު ބަދަލުގައި ފޮނުވާ ފަރާތާއި ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅުއްވަންވާނެއެވެ. ކުންފުންޏެއްގެ ފަރާތުން މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް، ސިޓީއަކާއި ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ފޮނުއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 ޞަފަރު 1437

10 ޑިސެންބަރު 2015
ހޯދާ