މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަން ކުޅުދުއްފުށީ އޮފީސް (އެން.އޯ.ސީ އޮފީސް އެކުވެނި ޢިމާރާތުގެ ގްރައުންޑް ފްލޯގެ ހުޅަނގު ދެކުނު ބައި) ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

  1. މޯލްޑިވްސް އިމިގްރޭޝަނަށް ތިރީގައި މިދަންނަވާ އޮފީސް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

   ހ. މޯލްޑިވްސް އިމިގްރޭޝަން ކުޅުދުއްފުށީ އޮފީސް (އެން.އޯ.ސީ އޮފީސް އެކުވެނި ޢިމާރާތުގެ ގްރައުންޑް ފްލޯގެ ހުޅަނގު ދެކުނު ބައި)

  1. މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv  03 މާރޗް 2026 އިން ފެށިގެން ލިބެން ހުންނާނެއެވެ. އަދި މި ބިޑް އާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  2. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 08 މާރޗް 2026 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.  
  3. ބީލަން ހުށައެޅުން އޮންނާނީ 26 މާރޗް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ޑިވިޜަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑުތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިވިޜަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330464, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

03 މާރިޗު 2026
ހޯދާ