ދިވެހިރާއްޖެ
މާލެ އަތޮޅު ގުޅީ ކައުންސިލް އިދާރާ ތަމްސީލްކުރާނެ ޤާނޫނީ ވަކީލުންގެ މަޢުލޫމާތި ޝީޓް އިސްލާޙް ކުރުމަށްފަހު، ކުރިން ކުރެވުނު ނަންބަރ (IUL)336/336/2025/94 އިޢުލާން ބާޠިލުކޮށް އަލުން ހުޅުވާލަމެވެ.
މިއިދާރާގެ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއިއެކުވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުމާއި، ކައުންސިލަށް ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓްތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލްގެ ފަރާތުން ވަކާލާތުކޮށްދިނުމަށް ލޯ ފާރމެއްގެ ޚިދުމަތް 1 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 09 މާރޗް 2025 ވަނަ ދުވަހުގެ 13:00ގެ ކުރިން ކ.ގުޅީ ކައުންސިލަށް ވަޑައިގެން ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 23 މާރޗް 2026 ވަނަ ދުވަހު 10:00 ގައި ކ.ގުޅީ ކައުންސިލް އިދާރާގައެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިގައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމުން ކަމާގުޅޭ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑް ހުށައެޅުމާއި ގޮތުން އެއްވެސް ސުވާލެއްވާނަމަ، [email protected] އަށް މެއިލް ކުރެވުން އެދެމެވެ. ނުވަތަ 6640068 ނަންބަރާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ.
