މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާފަރު ގޭބީސީތަކުންނާއި، ވިޔަފާރި އިމާތާތްތަކުންނާއި ސަރުކާރު އޮފީސްތަކުންނާއި ކައުންސިލް ބެލުމުގެ ދަށުގައި ހުރި ތަންތަނުން ކުނި ނެގުން އައުޓްސޯސް ކުރުން

އިޢުލާން

 

ނ. މާފަރު ގޭބީސީތަކުންނާއި، ވިޔަފާރި އިމާތާތްތަކުންނާއި ސަރުކާރު އޮފީސްތަކުންނާއި ކައުންސިލް ބެލުމުގެ ދަށުގައި ހުރި ތަންތަނުން ކުނި ނެގުން އައުޓްސޯސް ކުރުން.

 

 

މިރަށުގެ ގޭބިސީތަކާއި ވިޔަފާރިކުރާތަންތަނާއި އޮފީސްތަކުންނާއި ކައުންސިލް ބެލުމުގެ ދަށުގައި ހުރި ތަންތަނުގައި އުފެދޭ ކުނިނަގާ އުކާލުމުގެ މަސައްކަތް 1 އަހަރު ދުވަހަށް ކޮށްދޭނެ 3 ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2026 މާރޗް 8 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

08 މާރިޗް 2026 (އާދިއްތަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

25 މާރިޗް 2026 (ބުދަ)

11:00

 

އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މާފަރު ކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންނަށެވެ. އަދި ބިޑް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މައުލޫމާތު ކަރުދާހާއި ބިޑް ހުށަހަޅާ ފޯމް ފޯރުކޮށްދެވޭނެއެވެ.

 

މިކަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ

ދަނބުހިނގުން ނ. މާފަރު ކައުންސިލްގެ ދިވެހިރާއްޖެ.

ފޯން: 6560005/ 9665339

އީ-މެއިލް[email protected]

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

03 މާރިޗު 2026
ހޯދާ