ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވާކަރސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project)ގެ ދަށުން ރަޖިސްޓަރކޮށްފައިވާ ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގެ ވިޔަފާރިއާއި ބެހޭ މުޢާމަލާތްތައް އަދި ޕްރޮޖެކްޓުގެ ހިސާބުތައް ބެލެހެއްޓުމަށް އެކައުންޓިން ސޮފްޓްވެއަރއެއް އަޅައިދީ އަދި މި ސޮފްޓްވެއަރއާއި ގުޅުންހުރި ހުރިހާ ސެޓަޕްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން 18 ނޮވެންބަރު 2014 ގައި ކުރި ނަންބަރު: IUL)101-AF/1/2015/167) އިޢުލާނާ ގުޅިގެން އެކަށޭނެ އަދަދަކަށް ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މިމަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިފަހަރު މަޢުލޫމާތު ސެޝަން ބޭއްވުމެއް ނޯންނާނެއެވެ. ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 16 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގައި މ. ބޭންފްވިލާ، ސަބާ މޯލްޑިވްސް، ދެވަނަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްހޯލްގައެވެ. 14:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.
28 ޞަފަރު 1437