މާލެއަތޮޅު ގާފަރު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ފައުންޑޭޝަން ކުލާސް ފާހަނާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

                        ނަމްބަރު: GS147-C/2026/03

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

         މި ސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް ސުކޫލުގެ ފައުންޑޭޝަން ފާހަނާ މަރާމާތު ކޮއްދޭނެފަރާތެއްހޯދަންބޭނުންވެއްޖެއެވެ.

         މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         އަންދާސީ ހިސާބުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 08 މާޗް 2026 ވާ އާދިއްތަ ދުވަހު 11:00 ކުރިން ސުކޫލްގެ އިދާރާއަށް ޙާޒިރުވެ ނުވަތަ 6640577 ގުޅުއްވައިގެން ރަޖިސްޓްރީވުން އެދެމެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ޝީޓް ސުކޫލު އޮފީހުން ލިބެންހުނާނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

           ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 25 މާޗް 2026 ވާ ބުދަ ދުވަހުގެ 11:30 ގައި ސްކޫލަށް ދުރުވެ އަންދާސީ ހިސާބުހުށަހެޅުމަށް އެދެމެވެ.

03 މާރިޗު 2026
ހޯދާ