ދިވެހިރާއްޖެ
މި ސްކޫލުގެ އެކިއެކި މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މި ސްކޫލުގެ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު GS68/2015/21ފ(01 ޑިސެންބަރު 2015) އިޢުލާނާ ގުޅިގެން ތިންފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.
- ސްކޫލުގެ ހޯލުއިމާރާތުގެ ޕާޓިޝަން މަރާމާތުކުރުން
- ދިޔަދޮވި މަރާމާތުކުރުން
- އިމާރާތްތަކާއި ވަށާފާރުގައި ކުލައާއި ދަވާދުލުން
ވީމާ، މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 16 ވާ ބުދަ ދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރލެބަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރލެބަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އަގު ހުށަހެޅުއްވުމަށްޓަކައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއެކު ވަޑައިގެންނެވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.
28 ޞަފަރު 1437