ދިވެހިރާއްޖެ
މިއޮތޯރިޓީއަށް ލީގަލް ކައުންސެލެއްގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް، ކޮންސަލްޓެންސީ ދޭނެ ފަރާތެއް ބޭނުންވެއެވެ.
ބޭނުންވާ އަދަދު: 01 (އެކެއް)
މަސައްކަތްކުރަންޖެހޭ ގަޑި: ހެނދުނު 8:00 އިން މެންދުރުފަހުގެ 3:00 އަށް (ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ)
ޝަރުތު: މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ޤާނޫނީ ދާއިރާއިން، މާސްޓަރސް ނުވަތަ ބެޗެލަރސްް ޑިގްރީއެއް ލިބިފައި އޮތުން
އުޖޫރަ: -/23,250 ރ (ތޭވީސް ހާސް ދުއިސައްތަ ފަންސާސް ރުފިޔާ)
މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ލިއުމުން ހުށަހެޅުއްވުން އެދެމެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ކަރިކިއުލަމް ވިޓާ (ސީވީ)
- އައި.ޑީ.ކާޑުގެ ކޮޕީ ( މުއްދަތު ހަމަނުވާ)
ނޯޓް:
- މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި އިންޓަރވިއު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
ލީގަލް ކައުންސިލްގެ TOR އޮތޯރިޓީގެ ވެބްސައިޓުގެ http://www.cmda.gov.mv/docs/TOR-legal-Counsel_2015.pdf މިލިންކުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ
ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3336619، ފެކްސް: 3336624
އީމެއިލް: [email protected]
28 ޞަފަރު 1437