ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އާ އުސޫލެއް އެކުލަވާލައްވައި އެ އުސޫލާ އެއްގޮތަށް ޢަމަލުކުުރުމަށް އެންގެވުމާ ގުޅިގެން، މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: GS-30/IUL/2015/14 ގެ އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށްފީމެވެ.

ވުމާއެކު، މި މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ވިޔަފާރީގެ އުސޫލުން ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަދަރުސާގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވުމަށް އެހެން މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ގޮތަށް ސިޓީއެއް ފޮނުއްވަންވާނެއެވެ.

އައިޓަމް/ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުން

15-12-2015

އަންގާރަ

10:30

ގދ.އަތޮޅު މަދަރުސާގެ އޮފީސް

އަންދާސީހިސާބު ހުށަހެޅުއްވުން

22-12-2015

އަންގާރަ

10:30

ގދ.އަތޮޅު މަދަރުސާގެ އޮފީސް

27 ޞަފަރު 1437

10 ޑިސެންބަރު 2015
ހޯދާ