ދިވެހިރާއްޖެ
މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަމުންދާ ފަރާތުގެ އެގްރިމެންޓް 2015 ޑިސެންބަރުމަހުގެ ނިޔަލަށް މުއްދަތު ހަމަވާތީ މި ސްކޫލުގެ ނަންބަރު GS121/IUL/2015/19 ގެ އިޢުލާނަށް އެކަށީގެންވާ އަދަދަކަށް މަޢުލޫމާތު ފުރިހަމަކޮށްފައިވާ އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެ ޢިއުލާންކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. ސެކިއުރިޓީ ބެލެހެއްޓުމަށް ކުރިމަތިލައްވާ ބޭފުޅުންނަށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިވަނީއެވެ.
އަގު: 75 މާކްސް
ތަޖުރިބާ: 15 މާކްސް
ބޭނުންކުރާ މުވައްޒަފުންގެ އަދަދު: 10 މާކްސް
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580361 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޞަފަރު 1437