ދިވެހިރާއްޖެ
ކަރަންޓް ވައިރުކުރުމާއި ކަރަންޓް އިންޖީނު ހިންގައި ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެދި މި ކައުންސިލުން ކޮށްފައިވާ ނަންބަރު IUL334/334/2015/97 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ވަނީ ބާޠިލު ކުރެވިފައި ކަމުގައި ދަންނަވަމެވެ.
ކަރަންޓް ވައިރުކުރުމާއި ކަރަންޓް އިންޖީނު ހިންގައި ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ސަރުކާރުން ދޫކުރައްވާ "ކަރަންޓް ވައިރުކުރުމުގެ ހުއްދަ" ލިބޭ މިންވަރަށް ކަރަންޓް ވައިރުކުރުމާއި ކަރަންޓް އިންޖީނު ހިންގައި ބެލެހެއްޓުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ކ.ހުރާގައި ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ގަބޫލުކުރާ ފެންވަރުގެ ސެޓުފިކެޓެއް ދެއްވަންޖެހޭނެއެވެ.
ވީމާ، ދެންނެވި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ލިބިގެންދާނެ މަޢުލޫމާތާއި ތަމްރީންތަކުގެ މިންވަރާއި ހޭދަވާނެ މުއްދަތު އެނގޭގޮތަށް ތާވަލެއް ހައްދަވައި އަދި މި ތަމްރީނު ޕްރޮގްރާމް ހިންގައިދެވޭނެ އަގު ބަޔާންކުރައްވައި ޕްރޮޕޯޒަލެއް ތައްޔާރުކުރައްވައި 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
މި ޕްރޮގްރާމް ހިންގުމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، ހިންގަން ބޭނުންވާ ތަމްރީނާ ބެހޭގޮތުން މަޢުލޫމާތު ދިނުން 20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މިކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެނުލައްވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުންޏަކުން ބަދަލުގައި މީހަކު ފޮނުއްވާނަމަ ކުންފުންޏެއްގެ ފަރާތުން ފޮނުވި މީހެއްކަން ބަޔާންކުރައްވައި ކުންފުނީގެ ލެޓަރހެޑްގައި ލިޔުއްވާފައިވާ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
03 ރަބީޢުލްއައްވަލް 1437