ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ފިނޭ ކައުންސިލަށް 11 ސީޓްގެ ބަގީ އެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ (ދެވަނަ އިޢުލާން)

ފިނޭ ކައުންސިލަށް، 11 ސީޓްގެ ބަގީ އެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)/259/2026/15އިޢުލާނަށް ބިޑް ހުށަހަޅާއިވާ ފަރާތްތަކުން ހުށަހަޅާފައިވާ އެކަށީގެންވާ އަގެއް ކަމަށް ކައުންސިލަށް ނުފެންނާތީ، އެ އިޢުލާންބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ވާ ގޫގުލް ފޯރމް މެދުވެރިކޮށް ބީލަމަށް ރަޖިސްޓުރީވުން އެދެމެވެ.

ގަޑި

ތާރީޙް

ތަފްސީލް

12:00

23 މާރޗް 2026 (ހޯމަ)

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް:  [email protected]

12:00

23 މާރޗް 2026 (ހޯމަ)

ރަޖިސްޓަރ ވުމުގެ ސުންގަޑި

12:00

25 މާރޗް 2026 (ބުދަ)

އަންދާސީ ހިސާބު ހުށަހެޅުން

ތަން: ހދ ފިނޭ ކައުންސިލް އިދާރާގެ ޖަލްސާ ކޮޓަރި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6528119 އަށެވެ.

އޮންލައިންކޮށް ރަޖިސްޓަރވުމަށް: https://forms.gle/MDY7gMEL122YMXYQA

 

މި ބީލަން ހުޅުވާލެވިފައި މިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަދި މި ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ.

މި މަސައްކަތާއި ބެހޭ މައުލޫމާތު ކަރުދާހެއް މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.        

02 މާރިޗު 2026
ހޯދާ