ދިވެހިރާއްޖެ
މުޙައްމަދު ޖަމާލުއްދީން ރަންތާޖް ޤުރުއާން މުބާރާތާއި،ވާދޫ ކައުންސިލްގެ 04 ވަނަ މަދަހަ މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން
2026 މާރޗް 6 އިން 9 ގެ ނިޔަލަށް ގދ.ވާދޫ ކައުންސިލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މުޙައްމަދު ޖަމާލުއްދީން ރަންތާޖް ޤުރުއާން މުބާރާތާއި ކައުންސިލްގެ 04 ވަނަ މަދަހަ މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ.
ވީމާ،މިދެމުބާރާތަށް އިނާމް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 09 މާރޗް 2026 ވަނަ ދުވަހުގެ 14:00 ގެކުރިން މިއިދާރާއަށް އިނާމް ހުށަހެޅުއްވުން އެދެމެވެ.މިއިއުލާނާ އެކު މުބާރާތުގައި ހޮވާ ވަނަތަކުގެ ލިސްޓް ހިމަނާފައިވާނެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 ނުވަތަ 7993778 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
