ދިވެހިރާއްޖެ
މި މަރުކަޒުގައި ހުރި ގޮނޑިތަށް ނީލަން ކިޔުން
މި މަރުކަޒުގެ ބެލުމުގެ ދަށުގައިހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 27 މާރޗް 2026 ވާ ހުކުރުދުވަހު މެންދުރުފަހު 14:30 ގައި ހިންނަވަރު ޞިއްޙީ މަރުކަޒު ގައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
|
ލޮޓު ނަންބަރ |
މުދާ |
ރޭޓް |
އަދަދު |
ނީލަންކިޔަން ފެށޭނެ އަގު |
ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު |
|
00 |
ހައި ބެކް ޗެއަރ |
60.00ރ |
3 |
180.00ރ |
1.00ރ |
|
01 |
ހައި ބެކް ޗެއަރ |
45.00ރ |
2 |
90.00ރ |
1.00ރ |
|
02 |
ހައި ބެކް ޗެއަރ |
37.50ރ |
3 |
112.50ރ |
1.00ރ |
|
04 |
ލޯ ބެކް ޗއެރ |
4.75ރ |
10 |
47.50ރ |
1.00ރ |
|
05 |
ހައި ބެކް ޗެއަރ |
38.50ރ |
4 |
154.00ރ |
1.00ރ |
|
06 |
މީޑިއަމް ބެކް ޗެއަރ |
17.59ރ |
3 |
52.77ރ |
1.00ރ |
ނީލަންކިޔުމުގެ އުސޫލު
v ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
v ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
v ފުރަތަމަ ނީލަންކިޔަން ފެށޭނީ މަތީގައިވާ ތާވަލްގައި ވާ ބައިތަކުގެ (ލޮޓު) ނަމްބަރު ވަކިންނެވެ. މިގޮތަށް ނީލަންކިޔާއިރު ނީލަން ކިޔަންފެށޭ އަގަކީ މަތީގައިވާ ތާވަލުގައިވާ "ނީލަންކިޔަން ފަށާ އަގު" މިއެވެ.
v ބައިތަށް (ލޮޓު) ނީލަން ކިޔުމަށްފަހު، ނީލަން ކާމިޔާބުކޮށްފައިނުވާ ބައިތަކުގެ (ލޮޓު) ތެރެއިން އެބައެއްގައި (ލޮޓު) ތަކެތީގެ އަދަދު 1 ވުރެގިނަނަމަ، މި ތަކެތި ވަކިން ނީލަން ކިޔަންފެށޭނެއެވެ. މިގޮތަށް ނީލަންކިޔާއިރު ނީލަން ކިޔަންފެށޭ އަގަކީ މަތީގައިވާ ތާވަލުގައިވާ "ރޭޓް" މިއެވެ.
v ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
v ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
v ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މަރުކަޒަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.
ވީމާ، މިކަން އަންގާ އިއުލާން ކުރީމެވެ.
02 މާރޗް 2026
