ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު (ވަގުތީ)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސަރވިސް ގްރޭޑް 1

މަސައްކަތްކުރަންޖެހޭ އޮފީސް: ފ. އަތޮޅު ތަޢުލީމީ މަރުކަޒު، ފ. ނިލަންދޫ، ދިވެހިރާއްޖެ

ސެކްޝަން: އެޑްމިން

މުސާރަ: -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

މުއްދަތު: ކޮންޓްރެކްޓް (16 ޑިސެންބަރު 2015 އިން  15 ޖޫން  2016 އަށް)

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ސްކޫލުގެ އިމާރާތްތަކާއި، ފުރާޅުތަކާއި، ރުއްގަސް ސާފުކޮށް، ގޯތިތެރެ ކުނިކަހައި، ސާފުތާހިރުކޮށް ބެލެހެއްޓުން.

2. މާލޭން ސްކޫލަށް ގެންނަ ތަކެތި ބަނދަރުން ސްކޫލަށް ގެނައުން.

3. ސްކޫލާއި، އެކިއެކި އޮފީސްތަކުގެ ބޭނުމަށް ސްކޫލުން އަންގާގޮތެއްގެމަތިން ހޯލާއި އެހެނިހެން ތަންތަން ޖަލްސާފަދަ ކަންތަކަށް ތައްޔާރުކުރުން.

4. އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

5. ވަޒީފާ ބަޔާނުގައި ހިމަނާފައިވާ ކަންތައްތަކުގެ އިތުރުންވެސް އިދާރާ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

5. ވަޒީފާބަޔާނުގައި ހިމަނާފައިވާ ކަންތަކުގެ އިތުރުންވެސް އިދާރާ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައް ކުރުމާއި، އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.                   

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްޓަކާއި ބެލެވޭނެ ކަންތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. ލިބިފައިވާ މަސައްކަތު ތަޖުރިބާ.

3. ލިބިފައިވާ ހުނަރު (އިންޓަވިއުކޮށްގެން ބަލާ ކަށަވަރުކުރާ ބައި)

މާޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން:

* މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2015 ޑިސެންބަރު 15 ވާ އަންގާރަ ދުވަހުއެވެ.

* އިންޓަވިއުއަށް ހާޒިރުވާއިރު މަޤާމަށް އެދި ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

* ވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި، ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު 2015 ޑިސެންބަރު 14 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން މި ސުކޫލަށް ހުށަހެޅުން އެދެމެވެ.

1. ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ފެންވަރުގެ ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)

2. ދިވެހި ރތައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

4. ވަޒީފާ އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތާއި، ވަޒީފާގައި ހޭދަވި މުއްދަތު އެނގޭނެ ލިޔުމެއް ހުށަހެޅުން.

އެހެނިހެން މަޢުލޫމާތު:

1. މި މަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

2. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.

3. އެކްރެޑިޓްނުކޮށް ހުންނަ ސެޓްފިކެޓުތަކާއި ލިޔުންތަކަށް މާކުހެއް ނުދެވޭނެއެވެ.

4. ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެކަން ކުރާނީ، އިންޓަވިއު ޕެނަލުން އެ ލިޔުންތަކުގެ އަސްލުބައި ޗެކުކުރުމަށްފަހު މި އޮފީހުންނެވެ.

5. ދާއިމީ މަސައްކަތުމީހާކު ލިބުމުން މުއްދަތު ހަމަނުވިކަމުގައިވިޔަސް ވަގުތީ މަސައްކަތުމީހާ ދޫކޮށްލެވޭނެއެވެ.

6. މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް މި އޮފީހުގެ  7952909 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. އީމެއިލް އެޑްރެހަކީ، [email protected]. އެވެ. 

 24 ޞަފަރު 1437

06 ޑިސެންބަރު 2015
ހޯދާ