މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޑިރެކްޓަރ، އިންވެސްޓަރ ރިލޭޝަންސް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގެ ޤާނޫނުގެދަށުން ރިޕޯޓްކުރާ މިނިސްޓްރީއަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްކަމުގައި ހަމަޖެއްސެވުމާ ގުޅިގެން، އެ ޤާނޫނުގެދަށުން އުފައްދާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓްގެ ސެކްރެޓޭރިއަޓް ބަލަހައްޓާ މިނިސްޓްރީއަކީ މި މިނިސްޓްރީކަމުގައި ވަނީ ހަމަޖެހިފައެވެ. މިގޮތުން، ސެކްރެޓޭރިއަޓްގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް 12 ނޮވެންބަރު 2015 ގައި ކުރެވުނު އިއުލާނާ ގުޅިގެން، ތިރީގައިމިވާ ވަޒީފާއަށް އިތުރަށް ފުރުސަތު ހުޅުވައިލުމަށް ނިންމާފައިވާތީ، މި ވަޒީފާއަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ. މި މިނިސްޓްރީން 12 ނޮވެންބަރު 2015 ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅި ފަރާތްތައް މި ޕްރޮސެސްގައި ބައިވެރިކުރެވޭނެއެވެ.

  1. ޑިރެކްޓަރ، އިންވެސްޓަރ ރިލޭޝަންސް

 މަތީގައި ބަޔާންވެފައިވާ ވަޒީފާއާ ގުޅޭ ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި:

- ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ހުށަހަޅާނީ ސީލްކުރެވިފައިވާ ސިޓީއުރައެއްގައެވެ.

- ސިޓީއުރައިގެ ބޭރުގައި "Job Application for positions in the SEZ Secretariat” މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން

- ސީ.ވީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި، ސޮއިކޮށްފައި) 

ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ.  

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، ރަސްމީ ދުވަސްދުވަހުގެ ހެނދުނ 8:00 އާއި 14:00 އާ ދެމެދުގައި 3333174 ނަންބަރު ފޯނަށް ނުވަތަ 3333180 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. އީމެއިލްކުރާނަމަ، [email protected]  އަށް އީމެއިލްކުރުން އެދެމެވެ.

‏25‏ ޞަފަރު‏ 1437

07 ޑިސެންބަރު 2015
ހޯދާ