ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

އޮފީސް އެސިސްޓެންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސިސްޓެންޓް

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

ޢިނާޔަތްތައް

-/10،000 ރުފިޔާއާއި -/7،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠު

  1. ތަޢުލީމީ ފެންވަރު އެންމެ ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން.
  2. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މި އޮފީހުން އެކި ފަރާތްތަކަށް ފޮނުވާ ސިޓީއާއި އެހެނިހެން ތަކެތި ރައްދުކޮށްދިނުން.
  2. އޮފީހުން އަންގާގޮތެއްގެމަތިން އޮފީސް ހުޅުވައި ލެއްޕުން.
  3. އޮފީސް ޢިމާރާތް ސާފުތާހިރުކޮށް ބެލެހެއްޓުމާބެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  4. އޮފީހުގެ މަރާމާތުގެ މަސައްކަތުގައި އެހީތެރިވުން.
  5. އޮފީހަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތުގައި އެހީތެރިވުން.
  6. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
  7. ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމަށާއި، ބޭންކަށް ރައްދުކުރަންޖެހޭ އެހެނިހެން ތަކެތި ރައްދުކުރުމަށް ބޭންކަށް ދިއުން.


ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް

  1. މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
  2. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއެކު، ގިނަވަގުތު މަސައްކަތް ކުރެވޭ މީހެއްކަމުގައިވުން.
  3. ސައިކަލު ދުއްވަން ދަންނަ، ލައިސަންސް ލިބި، އަމިއްލަ ސައިކަލު ގެންގުޅޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މީގެ އިތުރުން، އެހެނިހެން ވެހިކަލް ދުއްވުމުގެ ހުއްދަ އޮންނަ ފަރާއްތަކަށް އިސްކަން ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. 
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ސުންގަޑި

2015 ޑިސެންބަރު 15 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން  ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީހަށް  (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުން.

އިންޓަވިއު
  • އިންޓަރވިއުއާއި އިމްތިޙާންކުރުން، 16 ޑިސެންބަރު 2015 އާއި 22 ޑިސެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
  • އިންޓަވިއުއާއި އިމްތިޙާންކުރުމަށް ކޯޕަރޭޝަނުން ގުޅާނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޕަރޭޝަނުގެ 3000584 ނަންބަރު ފޯނަށް ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

28 ޞަފަރު 1437

 

 
10 ޑިސެންބަރު 2015
ހޯދާ