މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ޗައިލްޑް ކެއަރ އެޓެންޑެންޓް ގްރޭޑް 1/ ޏ.ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ/ ޏ.ފުވައްމުލައް

އިޢުލާނު

މަޤާމު:

ޗައިލްޑް ކެއަރ އެޓެންޑެންޓް ގްރޭޑް 1

މަޤާމުގެ ނަންބަރު:

J-444342

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 1 - ސްޓެޕް 1     

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޏ.ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ/ ޏ.ފުވައްމުލައް

ޑިވިޜަން/ ސެކްޝަން/ޔުނިޓް

ސޯޝަލް ސަރވިސް ޔުނިޓް

މުސާރަ:

8,255.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

2,475.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ހާޟިރީ އިނާޔަތުގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 65.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަމާންހިޔާ/އަމާންވެށިއަށް ގެނެވޭ ކުދިން ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އަމާން ކަނޑައަޅާފައިވާ އުސޫލްތަކާއި މިންގަނޑުތަކާއި އެއްގޮތަށް ކުރުން.
  2. އަމާންހިޔާ/އަމާންވެށީގައި ބަލަހައްޓާ ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ބަލަހައްޓަން ޖެހޭ ހާލަތެއް ދިމާވެއްޖެނަމަ، ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގައި އިސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ހަމަޖައްސާ އުޞޫލެއްގެ މަތިން ހޮސްޕިޓަލްތަކުގައި އެފަރާތްތައް ކައިރީ ޑިއުޓީކޮށް، އެންމެހާ ކަންކަން ބެލެހެއްޓުން.
  3. އަމާންހިޔާ/އަމާންވެށީގައި ބަލަހައްޓާ ކުދިން ޑޮކްޓަރަށް ދައްކަން ގެންދަންޖެހޭ ޙާލަތްތަކުގައި ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގައި އިސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އަންގާ އެފަރާތްތައް އަންގާ ގޮތަކަށް ޢަމަލުކުރުމާއި، ބޭސްދޭންޖެހޭ ޙާލަތްތަކުގައި ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދާއެކު ބޭސްދިނުމާއި، އަމާންހިޔާގައި ބައިތިއްބާ ކުދިން ބަލިވެއްޖެ ހިނދެއްގައި ޞިއްޙީ ޚިދުމަތްތެރިން ދޭ އިރުޝާދެއްގެ މަތިން އެކުދިން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުން.
  4. ކުދިންގެ ކިޔެވުމުގައި އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  5. ކުދިންގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތަކުގެ ތެރެއިން ކަންބޮޑުވާންޖެހޭފަދަ ކަންކަން ފާހަގަވާނަމަ ލަސްނުކޮށް ކޭސް ވޯކަރާއި ޙިއްސާކުރުން
  6. ކުދިންގެ ހުރި ހުނަރުތައް ފާހަގަކޮށް އެ އެހުނަރުތަކުގެ ބޭނުން ހިފޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރުން.
  7. ފުރާ އުމުރުގެ ކުދިންނަށް އަމިއްލައަށް ކުރެވޭންކަހަލަ ކަންކަން އެކުދިންނަށް ހިއްވަރުދީގެން އެކުދިންލައްވައި ކުރުމަށް އެހީތެރިވުން.
  8. ކުދިންނަށް ރަނގަޅު އާދަތައް ދަސްކޮށްދީ، ވާހަކަ ދެއްކުމުގެ އަދަބުތައް ދަސްކޮށްދީ، ކުދިންގެ އަޚުލާގު ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި ހެޔޮގޮތުގައި ތަރުބިއްޔަތުކުރުން.
  9. އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޚާއްސަ އަޅާލުމާއި، ބޭސްފަރުވާގެ ކަންތައް ގާތުން ބެލެހެއްޓުމާއި، އެފަރާތްތަކުގެ އުޅުމަށް ބަދަލެއް އަންނަކަން ފާހަގަވާނަމަ އެކަން ކަމާގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  10. ކުދިންގެ އުމުރާ ގުޅޭގޮތުން އަންނަ ބަދަލުތައް ދެނެގަނެ ތަފާތު އުކުޅުތައް ބޭނުން ކުރަން ޖެހިދާނެކަން ދެނެގަނެގެން މަސައްކަތް ކުރުން.
  11. ކުދިންނަކީ ތަފާތު ނަފްސާނީ، ޖިސްމާނީ އަދި އިޖްތިމާއީ ގޮންޖެހުން ތަކާއި އެކު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ މާޔޫސީ ހާލަތެއްގައި ގެނެވޭ ކުދިން ކަމަށްވާތީ، މިކަން އަބަދުވެސް ހަނދާންކޮށް، އެފަރާތްތަކުގެ ހާލަތު ދެނެގަނެ އަދި އެހީތެރިވާ ފަރާތެއް ކަމުގައިވެ، ކުދިންގެ ލާބައާއި މަންފާއަށް އަބަދުވެސް މަސައްކަތް ކުރުން.
  12. ސެންޓަރުގައި ބަލަހައްޓާ ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއްކަން ދެނެގަނެ އެކުދިންނާއެކު މަސައްކަތް ކުރުން.
  13. ސެންޓަރުގައި ބަލަހައްޓާ ކުދިން ބަލަހައްޓަމުން ދާއިރު އެފަރާތްތަކުގެ ސިއްޙަތަށް ގެއްލުންވާފަދަ އެއްވެސް އެއްޗެއް އެއްވެސް ކުއްޖަކަށް ނުދިނުން.
  14. އަމާންހިޔާ/އަމާންވެށީގައި ބަލަހައްޓާ ކުދިން ސްކޫލަށް ގެންގޮސް ގެނައުމާއި ސްކޫލުން އަންގާ ކަންކަމުގެ ތެރެއިން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ސްކޫލުން ހޯދަން އަންގާ ތަކެއްޗާއި، ކުރަން އަންގާ ކަންކަން ކަމާގުޅުންހުރި ފަރާތުގެ ސަމާލުކަމަށް ގެނައުން.
  15. އަމާންހިޔާ/އަމާންވެށީގައި ބަލަހައްޓާ ކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ ހުރިހާ ވަގުތެއްގައިވެސް އެފަރާތްތައް އުޅޭ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުން
  16. އަމާންހިޔާ/އަމާންވެށީގައި ބަލަހައްޓާ ކުދިން ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މުޢާމަލާތް ކުރާއިރު ފަރާތްތަކާއި އަދަބުވެރިކަމާއި، މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރުމާއި، މުޢާމަލާތް ކުރުމުގައި އަދަބާ ޚިލާފު ބަސްތަކާއި، އަޚްލާޤީ މިންގަނޑާ ޚިލާފު ދަށުދަރަޖައިގެ ބަސްތައް ބޭނުން ނުކުރުން. އަދި ކުދިންނާއި މުޢާމަލާތް ކުރާއިރު ކުދިންގެ އުމުރާއި ގުޅޭ ގޮތަށް މުޢާމަލާތް ކުރުމާއި ހަރުކަށި އަދި ދަށު ދަރަޖައިގެ ބަސްތައް ބޭނުން ނުކުރުން.
  17. އަމާންހިޔާ/އަމާންވެށީގައި ބަލަހައްޓާ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި، އަމާން ހިޔާ އެތެރޭގައި އަދި އަމާން ހިޔާއިން ބޭރުގައި އުޅެންޖެހޭ ހާލަތްތަކުގައިވެސް، މުޢާމަލާތުކުރުމުގައި މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑެއްގައި އަޚްލާޤީ މިންގަނޑު ބެހެއްޓުން.
  18. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތެއް ކުރުން.
  19. މިނިސްޓްރީއިން އަންގާ ގޮތެއްގެ މަތީން މިނިސްޓްރީގެ ދަށުން ހިންގާ އެހެން އިދާރާއެއްގައި މަސައްކަތްކުރަން ޖެހިއްޖެ ހާލަތެއްގައި މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން

ނުވަތަ

މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް

އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 5 މާރިޗް 2026 ގެ 13:00 ގެ ކުރިން،

 ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ. އަދި ޏ.ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ހުށަހެޅުމުންވެސް ފޯމް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު/ އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނީ،6 މާރިޗް 2026 އާއި 5 އެޕްރީލް 2026 އާ ދެމެދު، ޏ.ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3027576 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

01 މާރިޗު 2026
ހޯދާ