މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ.ފީވަކު ބަނދަރު ސަރަހައްދުގައި ބޭނުންކުރުމަށް 10 ޖޯލީގެ 5 ޖޯލިފަތި ހަދާދޭނެ ފަރާތެއް ހޯދުމަށް
ށ.ފީވަކު އ.ތ.މ ކޮމިޓީއިން އިސްނަގައިގެން ބަނދަރު ސަރަހައްދުގައި ބޭނުންކުރުމަށް 10 ޖޯލީގެ 5 ޖޯލިފަތި ހަދާދޭނެ ފަރާތެއް ހޯދުމަށް
ށ.ފީވަކު އ.ތ.މ ކޮމިޓީއިން އިސްނަގައިގެން ފީވަކު ބަނދަރު ސަރަހައްދުގައި ބޭނުންކުރުމަށް 10 ޖޯލީގެ 5 ޖޯލިފަތި ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުން
- މި މަސައްކަތާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް، 03 މާރޗް 2026 ވާ ބުދަ ދުވަހުގެ 11:00 ގައި ފީވަކު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ.
- މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރު ހުށަހެޅުމެއް ނެތްނަމަ، ބައްދަލުވުމަށްފަހު، ބައްދަލުވުމުގެ ބައިވެރިންނަށް މަޢުލޫމާތު ކަރުދާސް ޙަވާލުކުރެވޭނެއެވެ. ނުވަތަ، އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.
ކޯޓޭޝަން ހުށަހެޅުން
- ކޯޓޭޝަން ހުށައެޅުމުގެ ސުންގަޑިއަކީ 05 މާރޗް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އެވެ.
- ކޯޓޭޝަން ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން [email protected] އަށް މެއިލްކުރައްވާ، ނުވަތަ ފީވައް ކައުންސިލް އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6540046 އަށް ގުޅުއްވާ، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރަމެވެ.
01 މާރިޗު 2026
ހޯދާ
