ދިވެހިރާއްޖެ
ޤައުމީ ސްކައުޓް އެސެންބްލީގެ 2025ވަނަ އަހަރުގެ ޢާންމު ޖަލްސާއަށް ޙާޟިރުވުމަށް ދަންނަވަމެވެ.
- 1. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި
28 މާރިޗު ވާ ހޮނިހިރު ދުވަހުގެ މެނދުރުފަހު 14.30 އިން 18.00 އަށް
- 2. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަން:
ތާޖުއްދީން ސްކޫލް އޭވީ ރޫމް
އޮންލައިންކޮށް އަދި ހާޒިރުވެގެން
(މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހައިބްރިޑް ކޮށް ކަމަށްވުމާއިއެކު، ޖަލްސާ ބޭއްވުމުގައި ބޭނުންކުރާނެ އޮންލައިން ވަޞީލަތުގެ ތަފްސީލް އެސޯސިއޭޝަނުން ފަހުން ޢާއްމު ކުރާނެއެވެ.)
- 3. ޖަލްސާގެ އެޖެންޑާ
- ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން
2. ސްކައުޓް އެސެންބްލީގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން
3. 2023 ވަނަ އަހަރުގެ. އަހަރީ، ރިޕޯޓު ފާސްކުރުން
4. 2023 ވަނަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުން
5. 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސްކުރުން
6. 2024 ވަނަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުން
7. ސްކައުޓް ކައުންސިލްގެ ޕާމަނަންޓް މެމްބަރުކަމަށް ޢައްޔަނު ކޮށްފައިވާ ފަރާތް ހިނގަމުންދާ ދައުރުގެ ނިޔަލަށް މަޤާމުގައި، ދެމިހުރުމާމެދު، ރުހުން ހޯދުން.
8. ސްކައުޓް ލީޑަރުންގެ ތެރެއިން ސްކައުޓް ކައުންސިލަށް އިންތިހާބުކުރާ މެމްބަރުންގެ މަގާމަށް އަލަށް އައްޔަނު ކޮށްފައިވާ 2 މެންބަރުންނަށް ހިނގަމުންދާ ދައުރުގެ ނިޔަލަށް މަޤާމުގައި، ދެމިހުރުމާމެދު، ރުހުން ހޯދުން.
މަތީގައިވާ އެޖެންޑާއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށާއި އަދި އެޖެންޑާއަށް އަންނަ ބަދަލު ހިއްސާކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.
- 4. ޖަލްސާގައި ބައިވެރިވުން
މިޖަލްސާގައި ބައިވެރިވެވޭނީ އެސޯސިއޭޝަނުން އިޢުލާނުކޮށްފައިވާ މުއްދަތުގެ ކުރިން 2024 ވަނަ އަހަރުގެ އަހަރީ ފީ ދައްކާފައިވާ ސްކައުޓް ގުރޫޕުތަކުގެ މަންދޫބުންނަށެވެ.
5. ޖަލްސާއާ ގުޅުންހުރި ލިޔެކިޔުން
މިޖަލްސާގެ އެޖެންޑާ އާއި ގުޅުންހުރި ލިޔެކިޔުންތައް 2026 މާރިޗު 13 ވަނަ ދުވަހުގެ ކުރިން ހިއްސާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
28 ފެބުރުވަރީ 2025
