ދިވެހިރާއްޖެ
މިމަރުކަޒުން ކެމެރާސިސްޓަމް ފޯރުކޮށްދިނުމުން، މަރުކަޒުން ކަނޑައަޅާ ތަންތަނުގައި ކެމެރާ ހަރުކޮށްދިނުމުގެ މަސައްކަތް
ކޮށްދެއްވާނެ ފާރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރ Q5-HC/IUL/Procure/2026/01 އިއުލާނާއި ގުޅިގެން
ކޯޓޭޝަން ހުށަހަޅާފައިވަނީ 2 ފަރާތުން ކަމުގައި ވާތީ މި އިއުލާނު ބާތިލުކޮށް އަލުން އިއުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 05 މާރިޗް 2026 ވަނަދުވަހުގެ 10:00 އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަމްބަރު19/2014 ) ދަށުން ރަޖިސްޓްރީ
ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫން ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ
ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިމަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް މި އިއުލާނާއި އެކު އެއްހީރަސްކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ގުޅިގެންއިތުރު
މައުލޫމާތު ސާފްކުރެއްވުމަށް އެދިލައްވާނަމަ 03 މާރިޗް 2026 ވާ އަންގާރަދުވަހުގެ 10:00 ގެ ކުރިން 7973947 އަށް
ގުޅުއްވާ ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
ކޯޓޭޝަން ހުށަހެޅުން: 05 މާރިޗް 2026، 10:00 ގައި
ތަން: ގދ.ރަތަފަންދޫ ސިއްޙީމަރުކަޒުގެ އޮފީސް
