މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މުދާތަކެއް ނީލަމުގައި ވިއްކާލަން

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަދުވަހު ބަހައްޓާފައިވާ މިދަންނަވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: ( ތަފުސީލު އެޓޭޗް ލިސްޓުގައި )
  2. ނީލަން ކިޔުން އޮންނަ ތަން: ސަރވިސް ބިލްޑިންގގެ މީޓިންގރޫމް-2 ގައި
  3. ނީލަން ކިޔަން ފެށުން: 20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 04:00 ން ފެށިގެން.
  4. ނީލަމުގައި ބައިވެރިވުން: މިނީލަމުގައި ބައިވެރިވެވޭނީ 02 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 02:30 ގެ ކުރިން މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާޓްމެންޓްގައި ނަން ނޯޓްކުރާ ފަރާތްތަކަށެވެ. ނަން ނޯޓްކުރައްވާއިރު އައިޑީ ކާޑު ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެ އެވެ.
  5. ނީލަން ކިޔާ މުދާ ބެލުން: 19 ޑިސެންބަރު 2015 ވާ ހޮނިހިރު ދުވަހު އަދި 20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:30 ން 11:30 އަށް
  6. ފައިސާ ދެއްކުމާއި މުދާ ގެންދިއުން:
  • ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. އަދި މުދާ ކްލިއަރކުރަން ބޭނުންވާ ވަސީލަތްތައް މިކުންފުނިން ފޯރުކޮށްދެވޭނެއެވެ.
  • ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ އެވަގުތު ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓް ފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެމުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ.

ނީލަން ނިމޭ އަގު

ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު

500.00

ރ

އާއި ހަމައަށް އަގުގެ

100%

1,000.00 – 501.00

ރ

އާއި ހަމައަށް އަގުގެ

25%

10,000.00 – 1,001.00

ރ

އާއި ހަމައަށް އަގުގެ

15%

10,001.00

ރ

އިން ފެށިގެން މައްޗަށް އަގުގެ

10%

  • ލަސްވެގެން ނީލަން ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާ ހަވާލުވާން ވާނެއެވެ.
  • ޖީއެސްޓީ ގޮތުގައި %6 ނީލަން ނިމޭ އަގުން ނެގޭނެއެވެ.   
  • މުދާ ދޫކުރެވޭނީ މިކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފައިސާ ދެއްކެވުމަށްފަހު ޑެލިވަރީ އޯޑަރ މިކުންފުންޏަށް ހުށަހެޅުއްވުމުންނެވެ. މިކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަކަށެވެ.
  • ނީލަން ނިމި، ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ. އަދި ނީލަން ނެގި ފަރާތަށް މިކުންފުނިން ބާއްވާ ނީލަމެއްގައި ބައިވެރިވެވޭނީ ނީލަން ބާޠިލުވާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ.
  • ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖު ނަގާނީ މިކުންފުނީގެ ސްޓޯރޭޖް ފީ އާބެހޭ ގަވާއިދުގެ މަތިންނެވެ.
  • ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓާ ސްޓޯރޭޖް ފައިސާގެ އަދަދު މުދަލުގެ އަގަށް ދެއްކި ފައިސާ އާ އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާޠިލުވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ނުކުރެވޭނެއެވެ.

ނީލަމާބެހޭ މަޢުލޫމާތު މިކުންފުނީގެ ވެބްސައިޓުން (www.port.com.mv) ލިބިވަޑައިގަންނަވާނެއެވެ.

28 ޞަފަރު 1437

10 ޑިސެންބަރު 2015
ހޯދާ