މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. އިޖުތިމާއީ ސަރަހައްދުތަށް 1(އެކެއް) އަހަރު ދުވަހަށް ކުނިކަހާ ސާފުކޮށް ބަލަހެއްޓުމުގެ މަސައްކަތް

ބީލަން ހުށައެޅުމުގެ ދަޢުވަތު (ދެވަނަ ފަހަރަށް)

  1. މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ށ. އިޖުތިމާއީ ސަރަހައްދުތަށް 1(އެކެއް) އަހަރު ދުވަހަށް ކުނިކަހާ ސާފުކޮށް ބަލަހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މި އިދާރާގެ ނަންބަރު: (IUL)274/INDIV/2026/18 ( 19 ފެބްރުއަރީ 2026) އިޢުލާނާ ގުޅިގެން، އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާ ސަރަހައްދުތަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (feydhoo.gov.mv)  އަދި ދިވެހި ސަރުކާރުގެ ގެޒެޓުން (gazette.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  3. މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
  4. ބީލަން ހުށަހަޅަން ވާނީ ‏2026‏ މާރިޗު 04ވާ ދުވަހުގެ 13:15 އަށް ށ.ފޭދޫ ޕްރީސްކޫލްގައިއެވެ.  
  5. ހުށައަޅާ ބީލަން ވަޒަންކުރާނޭ މިންގަނޑާއި، ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ފެބުރުވަރީ 2026
ހޯދާ