މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

ސޮފްޓްވެއަރ އިންޖިނިއަރ

ސެކްޝަން/ޑިވިޜަން:

ކްރެޑިޓް އިންފޮމޭޝަން ސެކްޝަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

މި މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރު، ތަޖުރިބާ އަދި ހުނަރު ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މި މަޤާމުގެ މަސްޢޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ.

މުސާރަޔާއި އިނާޔަތްތައް

40,000.00 – 45,000.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އޭސީސީއޭ ނުވަތަ ސީޕީއޭ ނުވަތަ ސީމާ ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، ތިރީގައިވާ ކަންކަން ފުރިހަމަވާ ފަރާތްތަކަށް އިސްކަންދެވޭނެ:

- އެކައުންޓިން ދާއިރާއިން ޑަބަލް ޑިގްރީ ޙާސިލްކޮށް ކޯހުގެ ސެކަންޑް މޭޖަރ އިކޮނޮމިކްސް، ބޭންކިން އެންޑް ފައިނޭންސް، ޑޭޓާ އެނަލިޓިކްސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއިން ހާސިލްކޮށްފައިވުން.

 - އިންޓަރނަލް އޮޑިޓް، އައިޓީ އަދި އައިޓީ އޮޑިޓިންގެ ދާއިރާއިން ޕްރޮފެޝަނަލް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

- އިންޓަރނަލް ނުވަތަ އެކްސްޓަރނަލް އޮޑިޓްގެ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

  • ވަޒީފާއަށް ހޮވޭ ފަރާތުން އައިޓީ އޮޑިޓިން އަދި އައިޓީ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އިންޓަރނަލް އޮޑިޓްގެ ޕްލޭންއާ އެއްގޮތަށް އޮޑިޓްތައް ހިންގުމާއި އޮތޯރިޓީގެ ކޮންސަލްޓަންސީ އެންގޭޖްމެންޓްތައް ހެދުމުގައި އެހީތެރިވުން.

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑީގްރީ ހާސިލް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސްޓޮކް އަދި ޑޮކިއުމެންޓް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުން.
  • އާކައިވް އަދި ފައިލިން ސިސްޓަމް ބެލެހެއްޓުން.
  • ޑިސްޕެޗް އަދި އޮފީސް ސާފުކުރުމުގެ މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.

ރިސެޕްޝަންގެ  މަސައްކަތްތައް (އޮތޯރިޓީއަށް ސިޓީ ފަދަ ތަކެތި ބަލައިގަތުމާއި އެ ތަކެތި ހަވާލުކުރަންޖެހޭ ފަރާޓްތަކަށް ހަވާލުކުރުމާއި ފައިލްކުރުމާއި، އޮތޯރިޓީގެ ޖެނެރަލް ލައިނަށް އަންނަ ފޯނުކޯލްތަކަށް ޖަވާބު ދިނުން.)

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

މަޤާމް:

އޮފިސަރ

ސެކްޝަން:

ބެލެންސް އޮފް ޕޭމަންޓްސް ސެކްޟަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)-  ކޮންޓްރެކްޓް ވަޒީފާ

ވަޒީފާގެ މުއްދަތު:

ކޮންޓްރެކްޓް ވަޒީފާގެ މުއްދަތަކީ 01 އަހަރެވެ. (6 މަސްވުމުން ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކޮންޓްރެކްޓް އާ ކުރުމާމެދު ގޮތެއް ނިންމުމުގެ ފުރުސުތު އޮންނާނެއެވެ.)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • ޖީސީއީ އެޑްވާންސް ލެވެލް 03 މާއްދާއިން  "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި މައިކްރޯސްފްޓް އެކްސެލް އަދި މައިކްރޯސޮފްޓް ވޯރޑްއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މެކްރޯއިކޮނޮމިކް އަދި އެކްސްޓަރނަލް ސެކްޓަރާ ގުޅުންހުރި ތަފާސްހިސާބުތައް އެއްކުރުމާއި، އެ މަޢުލޫމާތުތައް އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • މޯލްޑިވްސް އިންޓަނޭޝަނަލް ޓްރާންޒެކްޝަންސް ރިޕޯޓިންގް ސިސްޓަމް (MITRS) އަށް ހުށަހެޅޭ ޑޭޓާ ޗެކްކުރުމާއި އޮޕަރޭޝަނަލް އެހީތެރިކަން ފޯރުކޮށްދިނުން.
  • ބެލެންސް އޮފް ޕޭމަންޓްސް އާއި ގުޅުންހުރި ސަރވޭ ތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • ބެލެންސް އޮފް ޕޭމަންޓްސް އެކުލަވާލުމުގައި އެހީތެރިވެދިނުން.
  • ބައިނަލްއަގުވާމީ މަލީ އިދާރާތަކަށް ފޮނުވުމަށް ބޭނުންވާ އެކްސްޓަރނަލް ސެކްޓަރ އާއި ގުޅުންހުރި ތަފާސްހިސާބުތައް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

12,750.00 – 14,250.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާރސްޓަރސް ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން
  • މަސައްކަތުގެ ތަޖުރިބާއާއި މެނޭޖްމަންޓް އެކްސްޕީރިއަންސް ބޭނުންވާ މަޤާމުތަކަށް، އެކަންކަން ސާބިތުކުރެވޭނެ ލިޔެކިޔުން ހުށަހަޅަންވާނެ. އަދި ލިޔެކިޔުން ހުށަހަޅާފައިނުވާނަމަ، އެޕްލިކޭޝަން ބަލައިނުގަނެވޭނެ.
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

22 މާރިޗު 2026 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާނީ ވަޒީފާއަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި ކުރިން އަދާކޮށްފައިވާ ވަޒީފާތައް އަދާކޮށްފައިވާ ގޮތަށެވެ.

26 ފެބުރުވަރީ 2026
ހޯދާ