ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ

ކޮންޓްރެކްޓް އުސޫލުން މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ:

2016 ވަނަ އަހަރުގެ ޖަނަވަރީ 01 އިން ޑިސެންބަރު 31 އަށް މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޑިސެންބަރު 15 ވާ އަންގާރަދުވަހުގެ 13:00 އަށް މަދަރުސާގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 22 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން ބިޑް އިވެލުއޭޝަންގައި ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ މަޢުލޫމާތުތައް އެނގޭނޭގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ހުށަހެޅުންތައް ގަބޫލުނުކުރެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު GS36/2015/18 ނަންބަރު އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.

08 ޑިސެންބަރު 2015
ހޯދާ