މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމް 1447

ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމް 1447

                މިއީ މިކައުންސިލުން އިންތިޒާމްކޮށް ގޮއިދޫގެ ރައްޔިތުންނާއި ، ގޮއިދޫގައި ދިރިއުޅެމުންދާ އެންމެހާ ބޭފުޅުންނަށް ބައިވެރިވެވޭގޮތަށް މި ރަމަޟާން މަހުންފެށިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.  މި ޕްރޮގްރާމް އަކީ ގޮއިދޫގައި ކީރިތިޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ރީތިކޮށް ޤުރުއާން ކިޔަވާ ކުދިން އުފައްދާ ، ރަށުފެންވަރުގަޔާއި ، އަތޮޅުފެންވަރުގައި ، އަދި ޤައުމީފެންވަރުގައިވެސް ބޭއްވޭ އެކިއެކި މުބާރާތްތަކުގައި ވާދަކުރާނެ ކުދިން އުފެއްދުމަށް ކައުންސިލުންމިއަހަރަށް ރާވާފައިވާ ޕްރްގްރާމްގެ ދަށުން ކުރިޔަށްގެންދާ ޙަރަކާތެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 03 މާރޗް 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިންނެވެ. މި ޕްރޮގުރާމް ކުރިޔަށް ގެންދާނެ ގޮތުގެ އުޞޫލާއި މުބާރާތުގެ މުޤައްރަރު މި އިޢުލާނާ އެކު އާންމު ކުރެވިފައިވާނެއެވެ.

        ހިތުދަސްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީ ވުމަށް ތިރީގައިވާ ކޮންމެވެސް އެއްގޮތެއް ހިޔާރުކުރެއްވުން އެދެމެވެ.

1-      ކައުންސިލަށް ދުރުވެ ނަންނޯޓްކުރުން

2-       ކައުންސިލް ވައިބަރ ނަންބަރ 7430055 އަށް “HITHUDHAS KURUN 1447” ޖައްސަވާ އައިޑީކާޑުގެ ކޮޕީއާއި ގުޅޭނެ ފޯން ނަންބަރު ފޮނުވުން

3-       ކައުންސިލް ރަސްމީ ފޯން ނަންބަރު 6600005 އަށް ރަސްމީގަޑީގައި ގުޅުއްވައިގެން ނަންނޯޓް ކުރުން

         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ފެބުރުވަރީ 2026
ހޯދާ