ދިވެހިރާއްޖެ
ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމް 1447
މިއީ މިކައުންސިލުން އިންތިޒާމްކޮށް ގޮއިދޫގެ ރައްޔިތުންނާއި ، ގޮއިދޫގައި ދިރިއުޅެމުންދާ އެންމެހާ ބޭފުޅުންނަށް ބައިވެރިވެވޭގޮތަށް މި ރަމަޟާން މަހުންފެށިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އަކީ ގޮއިދޫގައި ކީރިތިޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ރީތިކޮށް ޤުރުއާން ކިޔަވާ ކުދިން އުފައްދާ ، ރަށުފެންވަރުގަޔާއި ، އަތޮޅުފެންވަރުގައި ، އަދި ޤައުމީފެންވަރުގައިވެސް ބޭއްވޭ އެކިއެކި މުބާރާތްތަކުގައި ވާދަކުރާނެ ކުދިން އުފެއްދުމަށް ކައުންސިލުންމިއަހަރަށް ރާވާފައިވާ ޕްރްގްރާމްގެ ދަށުން ކުރިޔަށްގެންދާ ޙަރަކާތެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 03 މާރޗް 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިންނެވެ. މި ޕްރޮގުރާމް ކުރިޔަށް ގެންދާނެ ގޮތުގެ އުޞޫލާއި މުބާރާތުގެ މުޤައްރަރު މި އިޢުލާނާ އެކު އާންމު ކުރެވިފައިވާނެއެވެ.
ހިތުދަސްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީ ވުމަށް ތިރީގައިވާ ކޮންމެވެސް އެއްގޮތެއް ހިޔާރުކުރެއްވުން އެދެމެވެ.
1- ކައުންސިލަށް ދުރުވެ ނަންނޯޓްކުރުން
2- ކައުންސިލް ވައިބަރ ނަންބަރ 7430055 އަށް “HITHUDHAS KURUN 1447” ޖައްސަވާ އައިޑީކާޑުގެ ކޮޕީއާއި ގުޅޭނެ ފޯން ނަންބަރު ފޮނުވުން
3- ކައުންސިލް ރަސްމީ ފޯން ނަންބަރު 6600005 އަށް ރަސްމީގަޑީގައި ގުޅުއްވައިގެން ނަންނޯޓް ކުރުން
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
