މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫއިން ގޯތި ދޫކުރުމާއި ބެހޭ

ބ ގޮއިދޫއިން ގޯތި ދޫކުރުމާއި ބެހޭ

           މިއަހަރު ދޫކުރުމަށް އިޢުލާން ކުރެވުނު 78 ގޯއްޗަށް ކުރިމަތިލެއްވި ފަރާތްތަކުގެ ފޯރމްތައް ގެވަޅު ކޮމިޓީން އިވެލުވޭޓްކޮށް ، ދިރިއުޅުމުގެ ޙާލަތުބަލާ ވަޒަންކުކުރުމަށްފަހު ޝަރުޠުހަމަވާ ފަރާތްތަކާއި ، ޝަރުޠު ފުރިހަމަނުވާ ފަރާތްތައް ކަނޑައަޅާ ، މާރްކްސް ދީފައިވާ ގޮތުގެ ތަފްޞީލް    ހިމެނިފައިވާ ވަގުތީ ލިސްޓް މިއިޢުލާނާ އެކު ޢާންމު ކުރަމެވެ.

            ވީމާ ، މިދެންނެވި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 08 މާރޗް 2026 ވާ އާދިއްތަ ދުވަހުގެ 12.00 ގެ ނިޔަލަށް  ޢާންމުކޮށް ހުޅުވާލަމެވެ. ޝަކުވާހުށަހަޅުއްވާނީ ލިޔުމުންނެވެ. އަދި އީމެއިލްގެ ޒަރީޢާއިން ފޮނުވާ ޝަކުވާތައްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ފޮނުވާނީ  [email protected]  އަށެވެ. އިތުރު މަޢުލޫމާތެއް ސާފުކުރުމަށްބޭނުންވާނަމަ ރަސްމީގަޑީގައި މިކައުންސިލްގެ ފޯން ނަމްބަރ 6600005 އާ ގުޅުއްވުން އެދެމެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ފެބުރުވަރީ 2026
ހޯދާ