ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.މަޑަވެލި ދިރާގު ސައިޓުގެ ވަށާގެން އެތެރެއަށް އަދި ފެންސްގެ މައްޗަށް ވާ ގޮތަށް ހެދިފައިވާ ރުއްތަކުގެ ވެރިފަރާތެއް ހޯދުމާއި ބެހޭ

ގދ. މަޑަވެލި "އުފާ" އަދި "މުރަކަ" ގޯތީގެ ހުޅަނގުން އޮންނަ ގދ.މަޑަވެލި ދިރާގު ސައިޓުގެ ވަށާގެން ހެދިފައިވާ ރުއްތަކުގެ ތެރެއިން  އެސައިޓްގެ އެތެރެއަށް އަދި ފެންސްގެ މައްޗަށް ވާގޮތަށް ހެދިފައި ހުރި ފޯދުނު 01 އިން 05 އަކަށް ނަންބަރ ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއްޖެއެވެ.

   ވީމާ، މިރުއްތަކުގެ ވެރިފަރާތްތަކުން 24 މާރިޗް 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރުއްތަކުގައި ޖަހާފައިވާ ނަންބަރާއެކު މިކައުންސިލަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ.

   ދެންނެވިފައިވާ މުއްދަތު ހަމަވާއިރު އެއްވެސް ފަރާތަކުން ރުކުގެ ވެރިފަރާތް ކަމަށް ކައުންސިލަށް ހުށަހަޅާފައި ނުވާ ރުކެއް ވާނަމަ އެރުކަކީ އެއްވެސް ފަރާތެއްގެ ރުކެއް ނޫންކަމަށް ބަލައި ރުއް ނަގައި ނައްތާލެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ފެބުރުވަރީ 2026
ހޯދާ