މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވެބް ޑިޒައިނަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން:

ވެބް ޑިޒައިނަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ޑިޕާޓްމަންޓް / ސެކްޝަން:

އައިޓީ އެންޑް ރިސަރޗް

މުސާރަ:

-/9,000 ރުފިޔާ

 ޑެއިލީ އެލަވަންސް:

-/6،000 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މި ކޯޕަރޭޝަނުގެ ވެބްސައިޓުގެ އެންމެހައި މަސައްކަތްތައް ކުރުން.
  • މި ކޯޕަރޭޝަނުން ހަވާލުކުރާ، އޮފީހުގެ މަސައްކަތާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:

2015 ޑިސެންބަރު 17  ވާ އާދީއްތަ ދުވަހުގެ 14:15 ގެ ކުރިން، ވެލާނާ ބިލްޑިންގުގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.

- މަސައްކަތާ ގުޅުންހުރި ތަޢުލީމީ ސެޓުފިކެޓު ލިބިފައި ނުވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެޓްފިކެޓުގެ ލެވެލް އެނގޭނެ ލިޔުމެއް ހުށަހެޅުން (ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް)

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސްދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް މީހުން ހޮވުމުގައި، ބްލޮގް ކޮންޓެންޓާއި، ސޯޝަލް މީޑިއާގެ ކޮންޓެންޓް ލިޔާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯދުމަށް ގުޅާނީ،  3323228 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް އިންޓަވިއު ކުރެވޭނީ، ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 5 (ފަހެއް) ފަރާތަކާއެވެ. 
  • ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީއެއް ނުފޮނުވޭނެއެވެ.

ސިޓީ އެޑްރެސްކުރާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

                                      24 ޞަފަރު 1437

06 ޑިސެންބަރު 2015
ހޯދާ