މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ކާށިދޫއިން ދިރުއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވިފައިވާ އިޢުލާނާއި ގުޅިގެން ފޯމް ހުށައަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާމުކުރުމާއި ގުޅޭ.

އިޢުލާން

       

        ކ.ކާށިދޫއިން ދިރުއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވިފައިވާ އިޢުލާނާއި ގުޅިގެން ފޯމް ހުށައަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާމުކުރުމާއި ގުޅޭ.

       މި ޢިޢުލާނަކީ ކ.ކާށިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހެދިފައިވާ އުޞޫލުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަގުތީ ލިސްޓް އާމުކޮށް، މިލިސްޓަށް ޝަކުވާ ހުށައެޅުމަށް، ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ. މިގޮތުން ޝަކުވާ ހުށައަޅުއްވާނީ ސިޓީއަކުން މިކައުންސިލްގެ އިދާރާއަށެވެ. އަދި ޝަކުވާ ހުށައަޅާފަރާތުގެ ޝަކުވާއާއި، ފޯމް ނަންބަރު، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު މިސިޓީގައި ހިމަނަންވާނެއެވެ. އަދި ސިޓީ އާއި އެކު ޝަކުވާ ހުށައަޅުއްވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށައަޅަންވާނެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 މާރޗް 2026 ވާ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 9:00 އިން 13:00 އަށެވެ. އަދި ޝަކުވާ ހުށައެޅުމުގެ އެންމެ ފަހު ތާރީޙަކީ 09 މާރޗް 2026 ވާ ހޯމަ ދުވަހުގެ 13:00 އެވެ.

ސިޓީ ހުށައަޅުއްވަން ކައުންސިލް އިދާރާއަށް ދުރުވެވެން ނެތް ފަރާތްތަކުން ކައުންސިލް އިދާރާގެ ޖީމެއިލް: [email protected]  އަށް ސިޓީ މެއިލް ކުރެވޭނެވެ.

         ވީމާ މިކަން ޢާމުކޮން އަންގާ ޢިއުލާން ކުރީމެވެ.

09 ރަމަޟާން 1447

26 ފެބްރުއަރީ 2026

26 ފެބުރުވަރީ 2026
ހޯދާ