ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޯލް ސެންޓަރ އެޖެންޓް

މަޤާމު:

ކޯލް ސެންޓަރ އެޖެންޓް  

މަޤާމުގެ ނަންބަރު:

CSC-J-443533, CSC-J-443658, CSC-J-443660

ބޭނުންވާ އަދަދު:

3

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

CSC3-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީއެސްސީ އެސޯސިއޭޓް ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން، ކޯލް ސެންޓަރ

މުސާރަ:

މަހަކު -/7,860 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/125 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު -/2,751 ރުފިޔާ (އަސާސީ މުސާރައިގެ %35)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް:

ކޮމިޝަނުގެ އިދާރާގެ ކޯލް ސެންޓަރގެ އެންމެހާ މަސައްކަތްތައްކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮމިޝަނަށް އަންނަ ފޯނުކޯލުތަކަށް އެންމެ އެދެވިގެންވާ ގޮތުގައި ޖަވާބުދާރީވުން.
  2. ކޮމިޝަނަށް އަންނަ ފޯނުކޯލުތަކާއި ގުޅިގެން ފޯނުކުރައްވާ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެކުލަވާލެވިފައިވާ އުސޫލުތަކާއި އެއްގޮތަށް  ކުރަންޖެހޭ  އެންމެހައި މަސައްކަތްތައް ކުރުން.
  3. ކޮމިޝަނަށް އަންނަ ފޯނުކޯލުތަކާ ގުޅިގެން އެކަމަކާ  ގުޅުން ހުރި ސެކްޝަނަކަށް ނުވަތަ މުވައްޒަފަކަށް ކޯލު ރައްދުކޮށްދިނުން، އަދި މުވައްޒަފަކާ ނުގުޅޭ ހާލަތުގައި ކޯލުގެ ތަފްސީލު އެކަމާ ގުޅުންހުރި މުވައްޒަފަކަށް ރައްދުކޮށްދިނުން.
  4. ކޮމިޝަނުގެ ޚިދުމަތްތަކާއި ސިޔާސަތުތަކާ ބެހޭގޮތުން ކޯލުކުރާ ފަރާތްތަކުގެ އިންކުއަރީތަކާއި، ޝަކުވާތަކާއި، ނުވަތަ މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮއްދިނުން.
  5. ކޮމިޝަނުގެ ޚިދުމަތް ހޯދުމަށް ގުޅާ ފަރާތްތަކުގެ ބޭނުންތައް ދެނެގަތުމާއި މައުލޫމާތު ސާފުކުރުމާއި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހައްލު ހޯދައިދިނުން
  6. ކޮމިޝަނުގެ މުހިއްމު އެންގުންތަކަށާއި، އުސޫލުތަކާއި، ޤަވާއިދުތަކަށް ގެނެވޭ ބަދަލުތަކަށް އަހުލުވެރިވެރިވެ އެންމެ ފަހުގެ މަޢުލޫމާތު ދެނެގަތުމުގައި ހާއްސަ އިސްކަމެއް ދިނުން.
  7. ފޯނުކޯލުތަކަށް ޖަވާބުދާރީ ވުމުގައި، ކަނޑައަޅާފައިވާވާ އެސް،އޯ.ޕީގައި ބަޔާން ކުރެވިފައިވާ ބަސްމަގު ބޭނުންކުރުން.
  8. ކޮމިޝަނަށް ގުޅުއްވާ ފަރާތްތަކަށް ދެވޭ މަޢުލޫމާތުތަކަކީ ސައްޙަ މަޢުލޫމާތެއްކަން ކަށަވަރުކުރުން
  9. ކޮމިޝަނަށް އަންނަ ފޯނުކޯލުތަކާ ގުޅިގެން ބަލަހައްޓަންޖެހޭ ތަފާސް ހިސާބުތައް ބެލެހެއްޓުމާއި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ތަފާސް ހިސާބުތައް ރިޕޯޓްކުރުން.

މަޤާމުގެ ޝަރުޠުތައް:

މަތީ ސާނަވީ އިމްތިހާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސާނަވީ އިމްތިހާނުގެ "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ،

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސާނަވީ އިމްތިހާނުގެ "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) ކޮމިޝަނުގެ ވަޒީފާތަކަށް އެދި ހުށަހަޅާ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތައުލީމީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކަކަށް ވާންވާނެއެވެ. މިގޮތުން، ދަރިވަރު ކިޔަވާފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކަމުގައިވީ ނަމަވެސް، ދަރިވަރު ކިޔަވާފައިވާ ކޯހުގެ ސެޓްފިކެޓް އެވޯޑިން ބޮޑީއަކީ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒެއް ނަމަ، އެ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ. އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދުދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚު ހިމަނާފައިވާ ނަމައެވެ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

   7. މަސައްކަތުގެ ތަޖުރިބާގެ މުއްދަތު ހިސާބުކުރާނެ ގޮތާއި ޕޮއިންޓްދެވޭނެގޮތް "ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2022 ފުރަތަމަ އިސްލާހު" ގައި ބަޔާންކުރެވިފައިވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
  2. އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
  3. އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ ތަޖުރިބާ (5 އިންސައްތަ)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected]  މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 23 މާރިޗު 2026 އާ 30 އެޕްރީލް 2026 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އަދި އިންޓަރވިއު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށް ވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307358 ނަންބަރު ފޯނާ ނުވަތަ އެޗް.އާރު. ހޮޓްލައިން 7598991 މޮބައިލަށެއެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

25 ފެބުރުވަރީ 2026
ހޯދާ