ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ސާނަވީ (އެސް.އެސް.ސީ) އިމްތިހާނުގެ މާކިންގ މަސައްކަތްތަކަށް ކްލެރިކަލް މުވައްޒަފުން ހޯދުން

އިޢުލާން

2026 ވަނަ އަހަރުގެ ސާނަވީ (އެސް.އެސް.ސީ) ގެ މާކިން މަސައްކަތްތަކަށް ކްލެރިކަލް މުވައްޒަފުން ހޯދުން 

ބޭނުންވާ އަދަދު:

މަޤާމް

ދިވެހި

އިސްލާމް

ކްލެރިކަލް މުވައްޒަފު

11

11

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

ތާރީޚް

ގަޑި

23 މާރިޗު 2026 އިން 23 އޭޕްރީލް 2026 އަށް  

މި ޑިޕާޓްމަންޓުން ކަނޑައަޅާ ތާވަލާ އެއްގޮތަށް މެންދުރު 13:00 ން ރޭގަނޑު 20:00 އާ ދެމެދު.

 

 

ޝަރުޠު:

 1. މާކިންގެ އިދާރީ މަސައްކަތް ކުރުމަށް އެއްބަސްވާ އަހަރުގެ އިމްތިޙާނުގައި ތިމާ ނުވަތަ ތިމާގެ ދަރި ބައިވެރި ވެފައިނުވުން

 2. ސާނަވީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން. ނުވަތަ މާކިންގެ އިދާރީ މަސައްކަތުގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 3. މާކިން މަސައްކަތުން އެކަހެރިކޮށްފައިވާ (ބްލެކްލިސްޓް ކޮށްފައިވާ) ފަރާތެއްކަމުގައި ނުވުން.

 

 

 

 

 

 

މަސްޢޫލިއްޔަތު:

  1. ކްލެރިކަލް މުވައްޒަފުންނަކީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި އިމްތިޙާނު ހޯލުގައި ކުރެވޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރާ ފަރާތެވެ.
  2. ކްލެރިކަލް މުވައްޒަފުންގެ މަސްއޫލިއްޔަތަކީ އިމްތިޙާނުގެ މާކިން މަސައްކަތް ކުރައްވާ އެގްޒޭމިނަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން، ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު މާކަރުންނަށް ބާއްވާ ޓްރެއިނިންގ އާއި މާކިން ހޯލުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި ކްލެރިކަލް ގެ އެންމެހާ މަސައްކަތްތައް ކުރުމެވެ.
  3.  ކްލެރިކަލް މުވައްޒަފެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް ބާރުއަޅަން ވާނެއެވެ.

 

  1. 4. ކްލެރިކަލް މުވައްޒަފެއްގެ ހައިސިއްޔަތުން، އިމްތިޙާނުގެ މާކިން މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަންނިވިނުކުތާތަކާއެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

 4.1.  މިއިމްތިޙާނުގައި މާކުކުރާ ކޮންމެ މާކަރަކު މަސައްކަތް ފެށުމުގެ ކުރިން މާކަރުންގެ އިޤުރާރުގައި އަދި   އެއްބަސްވުމުގައި ސޮއި ކުރިކަން ކަށަވަރުކުރަންވާނެއެވެ.

   4.2.  މާކިން މަސައްކަތަށް މާކަރު ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ޙާޟިރީގައި   ސޮއިކޮށް، ޙާޟިރުވި ގަޑި ޖެހިކަން ކަށަވަރުކުރަންވާނެއެވެ.

 4.3. ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި އެގްޒޭމިނަރުން (ޗީފް އެގްޒޭމިނަރ، ލީޑް އެގްޒޭމިނަރުން،   މޮޑަރޭޓިން އެގްޒޭމިނަރުން، އޮޑިޓިން އެގްޒޭމިނަރުން) އާއި މާކަރުންގެ ޙާޟިރީ ބަލަހައްޓަންވާނެއެވެ.

 4.4.  މާކަރުންނަށް ބާއްވާ މާކިން ޓްރެއިނިންއަށް ބޭނުންވާ ކަރުދާސްތައް ބެހުމާއި، މާކުކޮށް ނިމުމުން   ކަރުދާސްތައް ނަގަންވާނެއެވެ.

 4.5. މާކިން މަސައްކަތް ފެށުމުން ޖަވާބު ކަރުދާސްތައް (ޕޭޕަރތައް) ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

 4.6. މާކިން ހިނގަމުންދާއިރު، އެގްޒޭމިނަރުންގެ ޓީމާއި މާކަރުންނަށް އެހީތެރިވެދޭންވާނެއެވެ. އަދި މާކިންގ ފެށުމުން އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕެއް ބަލަހައްޓަންވާނެއެވ.

 4.7.  މާކިންގ ފެށުމުން އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕްގައި ތިބ މާކަރުންނަށް ކަރުދާސް ޙަވާލުކުރަންވާނެއެވެ. އަދި ނިމުމުން އަނބުރާ އެކަރުދާސްތައް ބަލައިގަންނަން ވާނެއެވެ.

 4.8. އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕްގައި ތިބ މާކަރު މާކު ކޮށްފައިވާ ކަރުދާހުގައި ދީފައިވާ ޢަދަދާއި މާކުސް ޝީޓްގައިވާ ޢަދަދު ދިމާވޭތޯ ޗެކްކުރަންވާނެއެވެ. އަދި މާކު ނުކުރާ ސުވާލެއް އޮތްތޯއާއި ދޭންވާވަރަށްވުރެ އިތުރަށް މާކްސް ދީފައިވޭތޯ ޗެކްކުރަންވާނެއެވެ.

 4.9.  ޗެކްކޮށްނިމ ކަރުދާސްތައް އެ ގްރޫޕެއްގެ ލީޑް އެގްޒޭމިނަރުންނާއި، އޮޑިޓިން އެގްޒޭމިނަރުންނާއި، މޮޑަރޭޓިން އެގްޒޭމިނަރުންނާއި ޙަވާލުކުރަންވާނެއެވެ. އަދި އެގްޒޭމިނަރުންގެ މަސައްކަތް އެއްކޮށް ނިމުމުން އެކަރުދާހަށް ލިބުނު މާކުސްތައް އެންޓަރކުރަންވާނެއެވެ.

 4.10. މާކިން ހިނގަމުންދާއިރު، ދުވަހުން ދުވަހަށް ތަކެތި (އެ ގްރޫޕެއްގައި ހިމެނ މާކަރުންގެ ގަލަން، ފަންސޫރު، ރަބަރު، ކަލްކިއުލޭޓަރު ފަދަ ތަކެތި (ހަމަކޮށް ގަޑިއަށް މާކިން ފެށޭ ވަރަށް ހޯލް ތައްޔާރުކުރަންވާނެއެވެ.)

 4.11. މާކިން ހިނގަމުންދާއިރު، އިދާރީގޮތުން މާކިން މަސައްކަތްކުރާ އެހެން ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދޭންވާނެއެވެ.

 

އުޖޫރަ:

  1. ކުލެރިކަލް މުވައްޒަފުން މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ)

 ކުލެރިކަލް މުވައްޒަފުން މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ،    ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1,000.00 (އެއްހާސް) ރުފިޔާ އެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. މާކިންގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު  (މި ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ތިރީގައިމިވާ ލިންކުން ވެސް ލިބެން ހުންނާނެއެވެ.)  

https://tr.ee/qMMFyh

  1. ވަނަވަރު (ސީ.ވީ)
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ

 

ސުންގަޑި:

 2026 މާރިޗު 04 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިމިވާ ލިންކް މެދުވެރިކޮށެވެ.
  • https://forms.gle/eaTYymwXDXCRBNBX9
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 3041313 ގުޅުއްވުން އެދެމެވެ.
25 ފެބުރުވަރީ 2026
ހޯދާ