ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ހޯނޑެއްދޫ ކައުންސިލްގެ 4 ވަނަ ޤުރްއާން ކިޔެވުމުގެ މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލުން

ގދ.ހޯނޑެއްދޫގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރްއާނަށް އޮތް ލޯބި އިތުރުކޮށް، ތަޖުވީދުގެ ހަމަތަކުން ޤުރްއާން ކިޔެވުމުގެ ހުނަރު ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި، ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ބާއްވަމުން އަންނަ ޤުރްއާން މުބާރާތް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތް ކާމިޔާބުކަމާއެކު ބޭއްވުމަށްޓަކައި އެކި ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާތީ، މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ 15,000.00 އާއި 50,000.00 ރުފިޔާއާ ދެމެދުގެ އަގެކެވެ. މި މުބާރާތުގެ ޕޯސްޓަރު، ބެނާ އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ސްޕޮންސަރުގެ ނަން ފާހަގަކުރެވޭނެއެވެ. އަދި މުބާރާތުގެ ކިޔެވުން މިކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ސްޕޮންސަރުންގެ ނަމާއި ލޯގޯ މި ލައިވް ސްޓްރީމުގައި ފެންނަން ހުންނާނެއެވެ.

ވީމާ، މި މުބާރާތަށް ސްޕޮންސަރޝިޕް ދެއްވަން ބޭނުންވާ ފަރާތްތަކުން 5 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ސްޕޮންސަރޝިޕް ހުށަހަޅާ ފަރާތުގެ މަޢުލޫމާތާއި ހުށަހަޅާ އަގު ބަޔާންކޮށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ފެބުރުވަރީ 2026
ހޯދާ