|
ސީނިއަރ އޮޑިޓަރ
|
މަޤާމު
|
|
އޮޑިޓަރ ޖެނެރަލްގެ އޮފީސް
|
މަސައްކަތް ކުރަންޖެހޭތަން
|
|
1
|
ބޭނުންވާ ޢަދަދު
|
|
ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓަލް އޮޑިޓް
|
ޑިޕާޓްމަންޓް
|
|
-/16,225ރ.
|
އަސާސީ މުސާރަ
|
|
-/7,575ރ.
|
މަޤާމުގެ އެލަވަންސް
|
|
-/205ރ. (ހާޒިރުވާ ދުވަހަކަށް)
|
ހާޒިރީ ޢިނާޔަތް
|
|
-/250ރ.
|
ފޯނު އެލަވަންސް
|
- އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ސީމާ/ސީޕީއޭ/ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށްވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
އަސާސީ ޝަރުތު
|
- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
|
އެހެނިހެން ޝަރުތު
|
- މި އޮފީހުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމުގައި ބައިވެރިވެ، އޮޑިޓް މެނޭޖަރަށް އެއްބާރުލުން ދިނުން.
- ތިމާވެށީގެ ދާއިރާއިން ދައުލަތުން ހިންގާ މަޝްރޫއުތަކާއި، ނިޒާމުތަކާއި، ފަންޑުތަކާއި، ޢަމަލީ މަސައްކަތްތަކާއި، ޕްރޮގްރާމްތަކާއި، ހަރަކާތްތަކާއި، އަދި މިދާއިރާއިން ހުރި މައިގަނޑު ހިރާސްތަކާއި މައްސަލަ ދިރާސާކުރުމާއެކު، އާންމު ރައްޔިތުންނާއި، ސަރުކާރާއި، ޤާނޫނު ހަދައި މަޖިލީހުން ޝައުގުވެރިވާނެ، އަދި ރައްޔިތުންނަށް އެންމެ ފައިދާކުރާނެ އެންވަޔަރަންމަންޓަލް އޮޑިޓް މައުޟޫއުތައް ދެނެގަތުމާއި، އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (INTOSAI) ގެ ސްޓޭންޑަޑްތަކާއި ގައިޑްލައިންތަކާ އެއްގޮތަށް، މައުޟޫޢު އިޚްތިޔާރުކުރުމުގެ މިންގަނޑުތައް ބޭނުންކޮށްގެން ދިރާސާކޮށް، މާކުސް ދިނުން.
- ތިމާވެށީގެ ދާއިރާއިން ދައުލަތުން ހިންގާ މަޝްރޫއުތަކާއި، ފަންޑުތަކާއި، ނިޒާމުތަކާއި، ޢަމަލީ މަސައްކަތްތަކާއި، ޕްރޮގްރާމްތަކާއި، ހަރަކާތްތަކާއި، އަދި ދައުލަތުގެ މުއައްސަސާތައް ހިންގަނީ ސަމަކާރަކޮށް، ދައުލަތަށާއި ރައްޔިތުންނަށް މަންފާވާ ގޮތަށް އަދި، ނަތީޖާ ހާސިލުވާގޮތަށްތޯ ބެލުމަށްޓަކައި ބޭނުންވާ ހެކި ހޯދުމަށް އޮޑިޓުގައި ޝާމިލުވާ ފަރާތްތަކާ މުއާމަލާތުކޮށް، އޮޑިޓް މަސައްކަތް ކުރިއަށް ގެންދިޔުން.
- އޮޑިޓް މައުޟޫއާ ގުޅޭގޮތުންނާއި އަދި ޢާންމުކޮށް އެންވަޔަރަންމަންޓަލް އޮޑިޓާ ގުޅޭގޮތުން އެންމެ ރަނގަޅު އުސޫލުތަކާއި، އޮޑިޓް ކުރުމުގައި ގެންގުޅެވިދާނެ އައު އަދި އުފެއްދުންތެރި ގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އިސްލާހުކުރަން ލަފާ ދިނުމުގައި އެއްފަދަ ނިޒާމުތަކުގެ މެދުގައި ހުރި އެންމެ ރަނގަޅު އުސޫލުތައް ބަލައި، ދިރާސާކުރުން. އަދި، މިކަމުގައި އޮޑިޓް ޓީމަށް އިރުޝާދު ދިނުން.
- ޓީމް މެންބަރުންގެ މެދުގައި މަގާމާ ގުޅޭ އެކަށީގެންވާ އިލްމާއި ހުނަރު ތަރައްގީކޮށް، ދެމެހެއްޓުމަށްޓަކައި، ކުރު ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އިސްނަގައިގެން މަސައްކަތްކުރުން.
- އޮޑިޓް ޕްލޭންކުރުމުގެ އެންމެހާ މަސައްކަތްތައް ކޯޑިނޭޓްކުރުމާއި، އޮޑިޓް ކުރެވޭ މައުޟޫއާ ގުޅޭ ގޮތުން ހުރި މައިގަނޑު ހިރާސްތަކާއި މައްސަލަތައް ދިރާސާކުރުމަށްފަހު، ރިސްކް ބޭސްޑް އުސޫލުން، ލިބިފައިވާ ވަގުތާއި ވަސީލަތްތަކަށް ރިއާޔަތްކޮށް، އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (INTOSAI) ގެ ސްޓޭންޑަޑްތަކާއި ގައިޑްލައިންތަކާ އެއްގޮތް ވާގޮތުގެ މަތިން އޮޑިޓް ޕްލޭން ތައްޔާރުކުރުން.
- އޮޑިޓް ޓީމްގެ މެންބަރުން މަސައްކަތް ކުރަމުންދަނީ އޮޑިޓް މެނޭޖަރާއެކު އެއްބަސްވެވޭ ވަގުތުރޮނގާ އެއްގޮތަށްތޯ ބަލައި، އެ މެންބަރުންގެ މަސައްކަތް ބެލެހެއްޓުމާއެކު، މަސައްކަތްތައް ގަވާއިދުން މުރާޖައާކޮށް، މަސައްކަތުގެ ފެންވަރާމެދު ދެކޭގޮތް ހިއްސާކުރުމާއި ރަނގަޅުކުރަންހުރި ކަންތައް ބުނެދިނުން.
- އޮޑިޓް ޓީމަށް ހިތްވަރުދީ، އަހަރީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޓީމުގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށް އޮޑިޓް މެނޭޖަރާއެކު މަސައްކަތްކުރުން.
- އޮޑިޓް ކުރެވޭ މައުޟޫއާ ގުޅުންހުރި ޕްރޮގްރާމްތަކާއި މަޝްރޫއުތަކުގެ ނަތީޖާ ނެރެވޭ މިންވަރާއި، ސަމަކާރަކަމާއި، އިގްތިސާދީ ގޮތުން ފައިދާހުރި މިންވަރާއި ތިމާވެއްޓަށް ކުރާ އަސަރު ވަޒަންކުރުމާއި އޮޑިޓްކުރެވޭ މައުޟޫއުއާ ގުޅޭ ގާނޫނުތަކާއި، ގަވާއިދުތަކާއި، އަދި ސިޔާސަތުތަކާ އެއްގޮތަށް ޢަމަލުކުރެވޭ މިންވަރު ބަލައި ވަޒަންކޮށް، ގޮތެއް ނިންމުން.
- އޮޑިޓްގެ ޢަމަލީ މަސައްކަތުގެ (ފީލްޑް ވަރކް) ތެރެއިން ލިޔެކިޔުން މުރާޖައާކުރުމާއި، އިންޓަވިއު، އިންސްޕެކްޝަން އަދި ސަރވޭގެ ޒަރީއާއިން ހެކި އެއްކުރުމާއި، ކޮލިޓޭޓިވް އަދި ކުއަންޓިޓޭޓިވް އުސޫލުތަކުން ޑާޓާ އެނަލައިސްކުރުމާއި، މަސައްކަތު ކަރުދާސް ފުރިހަމައަށް ތައްޔާރުކޮށް، އިސާއީ (ISSAI) ސްޓޭންޑަޑްތަކާއި ގައިޑްލައިންތަކާއި އެއްގޮތްވާގޮތުގެ މަތިން، އޮޑިޓް ޕްލޭނާ އެއްގޮތަށް އޮޑިޓް ޕްރޮސީޖަރތައް ވަގުތަށް ނިންމުން. އަދި، ޓީމް މެންބަރުން އެފަދައިން ޢަމަލުކުރާކަން ޔަގީންކުރުން.
- އޮޑިޓްގެ ޢަމަލީ މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ ވަގުތުރޮނގާއި ބަޖެޓާ އެއްގޮތަށްތޯ ބަލައި، އެއްވެސް އުނިއިތުރެއް އަތުވެދާނެކަމަށް ފެންނަނަމަ، ދުރާލާ އެކަން އޮޑިޓް މެނޭޖަރާ ހިއްސާކުރުން.
- ފީލްޑްވަރކްގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދަންޖެހޭ އެންމެހައި ދަތުރުތައް އިންތިޒާމްކޮށް، ޢަމަލީ ގޮތުން ބައިވެރިވެ، ދަތުރުތަކުގައި ނިންމަންޖެހޭ އޮޑިޓް ޕްރޮސީޖަރތައް ނިންމައި، އޮޑިޓް ޕްލޭނާ އެއްގޮތަށް މަސައްކަތު ކަރުދާސްތައް ނިންމުން. އަދި، ޓީމް މެންބަރުން އެފަދައިން ޢަމަލުކުރާކަން ޔަގީންކުރުން.
- އޮޑިޓް ނިމުމަށްފަހު، އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލްގެ ރައުޔު ނުވަތަ ނިންމުން (ކޮންކްލޫޝަން)، އަދި އެކަމަށް ބާރު ލިބިދޭ ކަންތައްތައް (އޮޑިޓް ފައިންޑިންގ)، އަދި އެކަންތައް އިސްލާހުކުރުމަށް ލަފާ ދޭ ގޮތްތައް (ޢަމަލީގޮތުން ތަންފީޛުކުރެވޭނެ ރިކޮމެންޑޭޝަންތައް) ހިމެނޭގޮތަށް އޮޑިޓް ރިޕޯޓާއި މެނޭޖްމަންޓް ލެޓަރ ތައްޔާރުކޮށް / މުރާޖަޢާކޮށް، އޮޑިޓް މެނޭޖަރަށް ހުށަހެޅުން.
- އޮޑިޓުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންތައްތަކާ ގުޅޭގޮތުން އެކަށީގެންވާ އަދި ފުދޭ މިންވަރަށް ހެއްކާއި ގަރީނާ ހުރިކަން ޔަގީންކުރުމާއި، އޮޑިޓުގައި ނިންމާފައިވާ ނިންމުންތަކަށް ވާސިލުވި ގޮތުގެ ތަފްސީލް މަސައްކަތު ކަރުދާހުގައި ބަޔާންކުރުން. އަދި، ޓީމް މެންބަރުން ވެސް މިފަދައިން ޢަމަލުކުރާކަން ޔަގީންކުރުން.
- އޮޑިޓް ފައިލްގައި ހިފަހައްޓަންޖެހޭ ފެންވަރުދެމެހެއްޓުމަށް ޓީމް މެންބަރުންގެ މަސައްކަތް މުރާޖައާކުރުން.
- އޮޑިޓް ކުރެވުނު މުއައްސަސާތަކުން އޮޑިޓުގައި އިސްލާހުކުރަން ލަފާދީފައިވާ ކަންތައްތައް ކުރުމަށް ފިޔަވަޅު އަޅައިފައިވާ މިންވަރު ވަޒަންކުރުން (ފޮލޯއަޕް). އެގޮތުން، އެގްރީޑް އެކްޝަން ޕްލޭން ތަންފީޛުކޮށްފައިވާ މިންވަރު ދެނެގަތުމާއި މުއައްސަސާތަކުން ހުށަހަޅައި ލިޔެކިޔުންތައް މުރާޖައާކޮށް އޮޑިޓް މެނޭޖަރަށް ރިޕޯޓްކުރުން.
- ޓީމް މެންބަރުންގެ މަސައްކަތުގެ ފެންވަރާ ގުޅޭގޮތުން އެކަށީގެންވާ ލިޔެކިޔުންތައް ބެލެހެއްޓުމާއެކު، އޮޑިޓް މެނޭޖަރަށް ރިޕޯޓްކުރުން.
- މަގާމާ ގުޅޭ އެކަށީގެންވާ އިލްމާއި ހުނަރު ހޯދުމަށް އިސްނަގައި، އިލްމާއި ހުނަރު ތަރައްގީކޮށް، ދެމެހެއްޓުމަށް މަސައްކަތް ކުރުން. އަދި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް، އެކަށީގެންވާ ފަރުވާތެރިކަމާއެކު މަސައްކަތްކުރުން.
- އިންޓޯސާއީ ވޯރކިންގ ގްރޫޕް އޮން އެންވަޔަރަންމަންޓަލް އޮޑިޓިންގ އަދި އެންވަޔަރަންމަންޓަލް އޮޑިޓާ ގުޅޭ ގުޅުންހުރި އެހެނިހެން ވޯރކިންގ ގްރޫޕްތަކާއެކު އެންވަޔަރަންމަންޓަލް އޮޑިޓް ކުރިއެރުވުމުގައި އެއްބާރުލުންދީ، ކުރަންޖެހޭ މަސައްކަތްތައްކޮށް، ބައިވެރިވުން.
- އެކިއެކި ސްޓޭކްހޯލްޑަރުންނަށް އަމާޒުކޮށްގެން، އެންވަޔަރަންމަންޓަލް އޮޑިޓާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
- މީގެ އިތުރުންވެސް އޮފީހުގެ ފަރާތުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
|
މައިގަނޑު މަސްއޫލިއްޔަތުތައް
|
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
- ކަވަރ ލެޓަރ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
- ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
- ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
- މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
|
އެހެނިހެން
|
|
05 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.
https://www.audit.gov.mv/vacancies
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި
|
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348273،3348200 ނަންބަރު ފޯނަށެވެ.
|