ދިވެހިރާއްޖެ
ޖަސްޓިސް ބިލްޑިންގގެ 03 ވަނަ ފަންގިފިލާގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ޑިޕާޓްމަންޓުގެ ނަންބަރު E/2015/90-ފ198 (27 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން ޞައްޙަ 3 އެސްޓިމޭޓް ލިބިފައިނުވާތީ، ދެވަނައަށް ކުރެވުނު މި ޑިޕާޓްމަންޓުގެ ނަންބަރު: E/2015/103-ފ198 (09 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ މި މަސައްކަތް ކުރުމަށް އަލުން އިޢުލާނު ކުރަމެވެ.
މި މަސައްކަތުގެ މަޢުލޫމާތުޝީޓާއި މަސައްކަތާގުޅޭ އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ 15 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 17 ޑިސެންބަރު 2015
އަންދާސީހިސާބު ހުށަހަޅާ ގަޑި: 10:30
އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
24 ޞަފަރު 1437