ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖްތިމާޢީ ޞަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތްތައް ހޯދުމާގުޅޭ

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 26 ފެބްރުއަރީ 2026ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ.

  • އައްސޭރި ގޯތީގެ އިރު ދެކުނު ކަނުންފެށިގެން ރިހިވެލިގޭ އިރުދެކުނު ކަނަށް
  • ރިހިވެލިގޭ އިރު ދެކުނު ކަނުން ފެށިގެން ޕްރީސުކޫލް ގޭޓް އާ ހަމައަށް.
  • ބައެއް ޙާވާލުކުރެވި ޤަވާއިދުން މިމަސައްކަތް ކުރާ ފަރާތްތަކަށް މަހަކު -/1700 (އެއްހާސް ހަތްސަތޭކަ) ރުފިޔާ އުޖޫރައިގެ ގޮތުގައި ލިބޭނެއެވެ. މީގެ އިތުރުން މި ދެބައި ހަޑިވެ ސާފުނުކުރެވި ވާތީ ކުނިކަހާ، ވިނަނޮޅާ، ގަސްކޮށާ ސާފުކުރުމަށް މިއިން ކޮންމެ ބަޔަކާއި ހަވާލުވާ ފަރާތަށް 600 ރުފިޔާ ސާފުކުރުމުގެ އުޖޫރައެއްގެ ގޮތުގައި ދެވޭނެއެވެ.
  • ޙަވާލުކުރާނެ ފަރާތްތައް ހޮވާނީ މިކަމަށް އެދުނު ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.
  • ކުރިމަތިލައްވާ ފަރާތަކީ މިމަސައްކަތަށް ޝައުޤުވެރިކަން ހުރެގެން ކުރިމަތިލާ ފަރާތަކަށް ވާންވާނެއެވެ.

މިކަމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު:

  1. ޢުމުރުން 18 އަހަރާއި، 65 އަހާރާ ދެމެދުގެ މީހަކު ކަމުގައިވުން.
  2. ރަށުގެ ރައްވެއްސަކަށްވުން، ނުވަތަ ރައްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހަކު ކަމުގައިވުން.
  3. ސިވިލްސަރވިސް މުވައްޒަފެއް، އެހެން އިދާރާއެއްގައި ވަޒީފާއަދާ ކުރާ މީހަކަށް ކުރިމަތި ނުލެވޭނެ.

 މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

24 ފެބުރުވަރީ 2026
ހޯދާ