|
ސީނިއަރ އޮޑިޓަރ
|
މަޤާމު
|
|
އޮޑިޓަރ ޖެނެރަލްގެ އޮފީސް
|
މަސައްކަތް ކުރަންޖެހޭތަން
|
|
1
|
ބޭނުންވާ ޢަދަދު
|
|
އެސްއޯއީ، ފައިނޭންޝަލް އިންސްޓިޓިއުޝަންސް އެންޑް ޕްރޮޖެކްޓްސް އޮޑިޓް
|
ޑިޕާޓްމަންޓް
|
|
-/16,225ރ.
|
އަސާސީ މުސާރަ
|
|
-/7,575ރ.
|
މަޤާމުގެ އެލަވަންސް
|
|
-/205ރ. (ހާޒިރުވާ ދުވަހަކަށް)
|
ހާޒިރީ ޢިނާޔަތް
|
|
-/250ރ.
|
ފޯނު އެލަވަންސް
|
- އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ސީމާ/ސީޕީއޭ/ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށްވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
އަސާސީ ޝަރުތު
|
- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
|
އެހެނިހެން ޝަރުތު
|
- އޮޑިޓް ޓީމާ ހަވާލުކުރެވޭ މަސައްކަތްތައް ނިންމުމަށް އޮޑިޓް މެނޭޖަރގެ އިރުޝާދުގެ ދަށުން އޮޑިޓް ޓީމް އާއެކު އިސްކޮށް ޙަރަކާތްތެރިވުން.
- އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢަމަލަކުރަން ކަނޑައަޅާފައިވާ ސްޓޭންޑަރޑްތަކާ އެއްގޮތަށް އޮޑިޓް ސްޓްރެޓެޖީ މެމޮރަންޑަމް ތައްޔާރުކުރުމާއި އޮޑިޓް ޕްލޭން އާއި އޮޑިޓް ޕްރޮގްރާމާއި ޕްރޮސީޖަރތައް ތައްޔާރުކުރުން. އަދި އޮޑިޓް ސްޓްރެޓެޖީ މެމޮރަންޑަމް ފާސްކުރުމަށް އޮޑިޓް މެނޭޖަރަށް ހުށަހެޅުން.
- އޮޑިޓް ޓީމުގެ އެހެން މެންބަރުންނާ ޙަވާލުކުރަންޖެހޭ މަސައްކަތްތައް އޮޑިޓް މެނޭޖަރގެ އިރުޝާދުގެ ދަށުން ކަނޑައެޅުމާއި އެ މަސައްކަތްތައް ރިވިއުކޮށް، ޓީމަށް ދުވަހުން ދުވަހަށް ބޭނުންވާ ގައިޑެންސް ދިނުމާއި އޮޑިޓް ޕްލޭނުގައި ކަނޑައަޅާފައިވާ މުއްދަތަށް މަސައްކަތްތައް ނިންމޭތޯ ކަށަވަރުކުރުން.
- އޮޑިޓް ޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން އޮޑިޓްގެ ފީލްޑް މަސައްކަތް ކުރިއަށް ގެންދިއުމާއި އޮޑިޓަށް ބޭނުންވާ މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އެ މަސައްކަތް ކޯޑިނޭޓް ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވުން.
- އޮޑިޓް އޮބްޒަވޭޝަންތަކާގުޅޭ މަސައްކަތު ކަރުދާސްތައް ތައްޔާރުކުރެވިފައިވޭތޯ ބަލައި، އެ ކަންކަމާ ގުޅޭ އެކަށީގެންވާ ހެއްކާއި ލިޔެކިޔުންތައް އޮޑިޓަށް ބޭނުންފުދޭ މިންވަރަށް ހޯދިފައިވޭތޯ ކަށަވަރުކުރުމުގެ ގޮތުން، އޮޑިޓް ފައިލްގައި އެ ލިޔެކިޔުންތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ބެލެހެއްޓިފައިވޭތޯ ބެލުން.
- ޑްރާފްޓް އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމާއި ޑްރާފްޓް އޮޑިޓް ރިޕޯޓް ތައްޔާރުކޮށް އޮޑިޓް މެނޭޖަރގެ ރިވިއުއަށް ހުށަހެޅުން.
|
މައިގަނޑު މަސްއޫލިއްޔަތުތައް
|
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
- ކަވަރ ލެޓަރ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
- ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
- ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
- މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
|
އެހެނިހެން
|
|
05 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.
https://www.audit.gov.mv/vacancies
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި
|
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348273،3348200 ނަންބަރު ފޯނަށެ
|