ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގެ އިޖްތިމާޢީ ޞަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތްތައް ހޯދުމާގުޅޭ
މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 26 ފެބްރުއަރީ 2026ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ.
- އައްސޭރި ގޯތީގެ އިރު ދެކުނު ކަނުންފެށިގެން ރިހިވެލިގޭ އިރުދެކުނު ކަނަށް
- ރިހިވެލިގޭ އިރު ދެކުނު ކަނުން ފެށިގެން ޕްރީސުކޫލް ގޭޓް އާ ހަމައަށް.
- ބައެއް ޙާވާލުކުރެވި ޤަވާއިދުން މިމަސައްކަތް ކުރާ ފަރާތްތަކަށް މަހަކު -/1700 (އެއްހާސް ހަތްސަތޭކަ) ރުފިޔާ އުޖޫރައިގެ ގޮތުގައި ލިބޭނެއެވެ. މީގެ އިތުރުން މި ދެބައި ހަޑިވެ ސާފުނުކުރެވި ވާތީ ކުނިކަހާ، ވިނަނޮޅާ، ގަސްކޮށާ ސާފުކުރުމަށް މިއިން ކޮންމެ ބަޔަކާއި ހަވާލުވާ ފަރާތަށް 600 ރުފިޔާ ސާފުކުރުމުގެ އުޖޫރައެއްގެ ގޮތުގައި ދެވޭނެއެވެ.
- ޙަވާލުކުރާނެ ފަރާތްތައް ހޮވާނީ މިކަމަށް އެދުނު ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.
- ކުރިމަތިލައްވާ ފަރާތަކީ މިމަސައްކަތަށް ޝައުޤުވެރިކަން ހުރެގެން ކުރިމަތިލާ ފަރާތަކަށް ވާންވާނެއެވެ.
މިކަމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު:
- ޢުމުރުން 18 އަހަރާއި، 65 އަހާރާ ދެމެދުގެ މީހަކު ކަމުގައިވުން.
- ރަށުގެ ރައްވެއްސަކަށްވުން، ނުވަތަ ރައްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހަކު ކަމުގައިވުން.
- ސިވިލްސަރވިސް މުވައްޒަފެއް، އެހެން އިދާރާއެއްގައި ވަޒީފާއަދާ ކުރާ މީހަކަށް ކުރިމަތި ނުލެވޭނެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
24 ފެބުރުވަރީ 2026
ހޯދާ
